އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައްޖު މަހުގެ 9 ރޯދަ މާނަކުރަނީ ބޭނުންހައި ދުވަހަކު ހިފާ ރޯދައަކަށް ނޫން - ފުރަތަމަ 9 ދުވަހު ހިފާ ރޯދައަށް!

ހައްޖު މަހުގެ 9 ރޯދަ މާނަކުރަނީ ބޭނުންހައި ދުވަހަކު ހިފާ ރޯދައަކަށް ނޫން - ފުރަތަމަ 9 ދުވަހު ހިފާ ރޯދައަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ޙައްޖު މަހުގެ 9 ރޯދަ ކަމަށް މާނަކުރަނީ ހައްޖު މަހުގެ ފުރަތަމަ 9 ދުވަހު ހިފާ ރޯދައަށެވެ. ޙައްޖު މަސް ފެށުނީންސުރެ ޢަރަފާތު ދުވަހުގެ ނިޔަލަށް ހިފާ ރޯދައަށެވެ.

މިކަމާއި ގުޅިގެން ޙައްޖު މަހުގެ 9 ރޯދަ އެމީހަކު ބޭނުން ކޮންމެ ދުވަހަކު ހިފިދާނެތޯ މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ:

"ބޮޑަށް އެދެވިގެންވަނީ ހައްޖުމަހުގެ ފުރަތަމަ 9 ދުވަހު އެއްކޮށް ރޯދަ ހިފުމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ނުހިފައި ބައެއް ދުވަސް ދުވަހު ހިފި ނަމަވެސް މައްސަލައެއް ނެތެވެ.

ކޮންމެހެންވެސް 9 ވަނަ ދުވަހު ރޯދަ ހިފޭތޯ ބަލަންވާނެއެވެ. އެދުވަހު ރޯދަ ހިފައިފިނަމަ ކުރީ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަތައް ފޮހެވޭނެ ކަމަށް ޙަދީޘްގައި އޮވެއެވެ."

"ހައްޖު މަސް ފެށުނުއިރު ހައިޟުވެފައި ހުރި އަންހެނަކު ނަމަ ޙައިޟު ރަނގަޅުވުމުން ރޯދަ ހިފަން ފަށަންވީ" ކަމަށްވެސް ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ. އަދި އުޒުރު ވެރިޔާ ރޯދަ ހިފި ފަދަ ކަމަށްވެސް ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ.

ސުންނަތް ރޯދައަކީ ރޯދަ ހިފުން ހުއްދަ ކޮންމެ ދުވަހަކުވެސް ހިފިދާނެ ރޯދައެކެވެ. އެހެންކަމުން ޙައްޖު މަހުގެ ދުވަސްތަކުގައި ވެސް ސުންނަތް ރޯދަ ހިފޭނެއެވެ. ނަމަވެސް ފުރަތަމަ 9 ދުވަހު ރޯދަ ހިފުމުން ލިބޭ ސަވާބެއް ނުލިބޭނެއެވެ. އެހެނީ ހައްޖުމަހުގެ ފުތަމަ 10 ދުވަހު ކުރާ އަޅުކަންތައްތަކަށް ﷲ ތަޢާލާ ދެއްވަވާ ދަރުމަ އިތުރުވެގެންވާތީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް