އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަމަނުޖެހުން ހިންގަން އުޅޭނަމަ އެބައަކު ކުރިއާލައި ހައްޔަރުކޮށް މާޙައުލު އަމާންކޮށްދިނުމަށް އަދާލަތު ޕާޓީން އެދިއްޖެ

ހަމަނުޖެހުން ހިންގަން އުޅޭނަމަ އެބައަކު ކުރިއާލައި ހައްޔަރުކޮށް މާޙައުލު އަމާންކޮށްދިނުމަށް އަދާލަތު ޕާޓީން އެދިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ހަމަނުޖެހުން ހިންގަން އުޅޭނަމަ އެބައަކު ކުރިއާލައި ހައްޔަރުކޮށް މާޙައުލު އަމާންކޮށްދިނުމަށް އަދާލަތު ޕާޓީން އެދިއްޖެއެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާނު ނޫމާން މިއަދު ވިދާޅުވީ ހަމަނުޖެހުން ހިންގަން ބައަކު އުޅޭކަމާއި ނުރައްކާތެރި އަމަލުތަކެއް ކުރަން އުޅޭކަމުގެ އިންޓެލިޖެންސް ރިޕޯޓް ފުލުހުންނަށް ލިބިފައިވާނަމަ އެކަންކަން ކުރަން އޫޅޭ ބައަކުވެސް ފުލުހުންނަށް އެނގޭނެ ކަމަށެވެ.

ނޫމާން ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ތަކުރާރުކޮށް ވާހަކަ ދެއްކުމަކީ ހައްލެއް ނޫން ކަމަށާއި ހައްލަކީ އެފަދަ ކަންކަން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެފަދަ ކަންކަން ހުއްޓުވުން ކަމަށެވެ.

ނޫމާން ވިދާޅުވީ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވާނީ އިބޫކަން މިހާރުވެސް ޔަޤީން ކުރެވޭ ކަމަށާއި ކޯލިޝަނުން ބޭނުންވަނީ ހުރިހާ ކަންކަން ޤަނޫނާއި އެއްގޮތަށް ކުރިއަށް ގެންގޮސް ވޯޓުލުމުގެ ހުރިހާ ކަމެއް ފުރިހަމަ ނުކޮށް ނިންމައިލަން ކަމަށެވެ. "އެހެންވީމާ ކޯލިޝަނުގެ އެއްވެސް ސަޕޯޓަރަކުވެސް ބޭނުމެއް ނުވާނެ އެއްވެސް ހަމަނުޖެހުމެއް ހިނގާކަށް."

ނޫމާން ވިދާޅުވީ ކޯލިޝަނުން އަބަދުވެސް އެންމެ ބޭނުންވަނީ ޤައުމުގައި ޞުލްޙަ މަޞްލަހަތާއި ހަމަޖެހުން ޤާއިމުވެފައި އޮތުން ކަމަށާއި ކޯލިޝަނުން އެންމެ ބޮޑަށް މަސައްކަތް ކުރާނީ ޤައުމުގައި އެއްވެސް ނުތަނަވަސްކަމެއް އޮތަ ނުދިނުމަށް ކަމަށެވެ.

ނޫމާންގެ ވާހަކަފުޅު (އޯޑިއޯ):

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް