އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޮޓް އެއަރ ބެލޫން ފެސްޓިވަލްގެ ކޯ ސްޕޮންސަރއަކަށް މޯލްޑިވްސްގޭސް ހަމަޖައްސައިފި

ހޮޓް އެއަރ ބެލޫން ފެސްޓިވަލްގެ ކޯ ސްޕޮންސަރއަކަށް މޯލްޑިވްސްގޭސް ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ހޮޓް އެއަރ ބެލޫން ފެސްޓިވަލްގެ ކޯ ސްޕޮންސަރއަކަށް މޯލްޑިވްސްގޭސް ހަމަޖައްސައިފިއެވެ.

ޔުނިކްސް ސްޕޯޓިންގ ގެ ފަރާތުން އިންތިޒާމްކޮށްގެން ރާއްޖޭގައި ފުރަތަމަފަހަށް ބާއްވާ މި ފެސްޓިވަލުގެ ކޯ ސްޕޮންސަރކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ގޯޓްފިޝް ކެފޭ އެންޑް ބިސްޓްރޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ޔުނިކްސްސްޕޯޓިންގ ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ރޭޝަން ޝަރީފް އެވެ.މޯލްޑިވްސް ގޭސް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މާކެޓިންގމެނޭޖަރ އައިމިނަތު މުހައްމަދު ސައީދު އެވެ.

މި އެއްބަސްވުމާއިބެހޭ ގޮތުން އައިމިނަތުމުޙައްމަދު ސަޢީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ހޮޓްއެއަރ ބެލޫން އުދުއްސުމަށް ބޭނުންވާ ގޭސް، އެކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކުޅިވަރާއި ޒުވާނުންނާ ގުޅޭ ހަރަކާތްތަކުގައި އަބަދުވެސް އެ ކުންފުނިން އެހީތެރިވެ، އެއްބާރުލުންދޭ ކަމަށެވެ.

މި ފެސްޓިވަލުގައި ހޮޓް އެއަރ ބެލޫން އެރުވުމަށް ގާތްގަޑަކަށް ވިއްސަކަށް ގޭސްފުޅިބޭނުންވާނެ ކަމަށާއި ރާއްޖޭގެ އެންމެ ރަނގަޅަށް އެލްޕީޖީ ގޭސް ތައްޔާރު ކުރާކުންފުންޏަކުން އެއްބާރުލުން ދޭތީ ވަރަށް ބޮޑަށް އުފާކުރާ ކަމަށް ޔުނިކްސް ސްޕޯޓިންގ ގެ މެނޭޖިންގ ޑިރެކްޓަރ ރޭޝަން ޝަރީފް ވިދާޅުވިއެވެ.

އަންނަ މަހު 25 އިން ފެށިގެން 27 އަށް ބާއްވާ މި ފެސްޓިވަލުގައި ހޮޓް އެއަރ ބެލޫންއަށް އަރަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޓިކެޓް ވިއްކަން ފަށާނެއެވެ. ޓިކެޓެއްގެ އަގު 700/= ރުފިޔާއަށް ހުރި އިރު، ސޯޝަލް މީޑިއާމެދުވެރިކޮށް "ލައިކް އެންޑް ޝެއަރ" ޕްރޮމޯޝަނުގެ ދަށުން ހިލޭޓިކެޓުތަކެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް