އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެފަހުން ހޮޓްއެއަރ ބެލޫން ފެސްޓިވަލް ބާއްވައިފި

އެންމެފަހުން ހޮޓްއެއަރ ބެލޫން ފެސްޓިވަލް ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

މޫސުން ތަންނުދިނުމުގެ ސަބަބުން ނުބޭއްވި ލަސްވެފައިވާ ހޮޓްއެއަރ ބެލޫން ފެސްޓިވަލް ރޭ ބާއްވައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް މަސައްކަތްކުރި މި ފެސްޓިވަލް މޫސުން ތަންނުދިނުމުގެ ސަބަބުން 2 ދުވަސްވަނީ ލަސްވެފައެވެ.

ފެސްޓިވަލް ނިންމާލީ ތިން ހޮޓް އެއަރ ބެލޫން އެއްފަހަރާ ވައިގެ ތެރެއަށް އަރުވައިގެންނެވެ. އަދި މޫސުން ތަން ނުދިނުމުގެ ސަބަބުން ބެލޫން އެރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އިރު، ޢާންމުގޮތެއްގައި 150 ފޫޓަށް އަރުވާ މި ބެލޫންތައް އަރުވާފައިވަނީ ގާތްގަޑަކަށް 65 ފޫޓަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ހޮޓްއެއަރ ބެލޫން ފެސްޓިވަލުގައި ބެލޫންތަކަށް އަރައިގެން ހިތްހަމަޖައްސާލުމުގެ ފުރުޞަތު ލިބުނީ މަދު ދިވެހިންނަށާއި ބިދޭސީންނަށެވެ.

ކޮންމެ މީހަކަށްވެސް 10 މިނެޓެއް ހާއިރު ބެލޫންގައި މަޑުކޮށްލަން ފުރުޞަތު ދިން އިރު، ބެލޫން މައްޗަށް އަރައިގެން ދިޔަ ނުދިނުމަށް ލޮރީތައް ބޭނުންކޮށްގެން ހުރީ ވާ އައްސާފައެވެ. މިއީ ސަލާމަތީގޮތުން އަޅާފައިވާ ފިޔަވަޅެކެވެ.

ޔުނިކްސް ސްޕޯޓިންގ އިން ބުނީ ހޮޓް އެއަރ ބެލޫން ފެސްޓިވަލް ވަރަށް ކާމިޔާބު ކަމަށެވެ. އަދި ރާއްޖެއަށް މުޅިން އާ ކަމެއް ތަޢާރަފް ކުރުމުގައި ބައިވެރިވި ޓީމާ މެދު ފަޚުރުވެރިވާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި އެކިކަންކޮޅުތަކުގައި ހޮޓް އެއަރ ބެލޫން އަރުވަން ރާވާފައިވާ ކަމަށާއި އެހެން ބައެއް ކުޅިވަރުތައްވެސް ތަޢާރަފް ކުރަން ނިންމާފައިވާ ކަމަށްވެސް ޔުނިކްސް ސްޕޯޓިންގ އިން ބުންޏެވެ.

މި ފެސްޓިވަލުގައި ބެލޫންއަށް އެރުމަށް ޓިކެޓް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ބެލޫންއަށް ނާރާ މީހުންނަށް ރީފަންޑު ދިނުމަށް ޔުނިކްސް ސްޕޯޓިންގ އިން ނިންމާފައިވާ އިރު، ކުރިއަށް ހުރި އިވެންޓުތަކުގައި ބައިވެރިވާން ބޭނުންނަމަ، ގަތް ޓިކެޓު ބޭނުން ހިފިދާނެ ކަމަށް ޔުނިކްސް ސްޕޯޓިންގ އިން ބުންޏެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް