އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޮޓް އެއަރ ބެލޫން ފެސްޓިވަލް ބާއްވާ ތާރީޚަށް ބަދަލުގެނެސްފި

ހޮޓް އެއަރ ބެލޫން ފެސްޓިވަލް ބާއްވާ ތާރީޚަށް ބަދަލުގެނެސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ހޮޓް އެއަރ ބެލޫން ފެސްޓިވަލް ބާއްވާ ތާރީޚަށް ބަދަލުގެނެސްފިއެވެ.

މި މެއި މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ކުރިން ނިންމާފައިވާ މި ފެސްޓިވަލް މިހާރު ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ ފިތުރު ޢީދު ދުވަހުއެވެ.

ޔޫތު މިނިސްޓްރީ އާއި ޔުނިކްސް ސްޕޯޓިންގ އިން އިންތިޒާމްކުރާ މި ފެސްޓިވަލް ބާއްވާ ތާރީޚަށް ބަދަލު ގެނައީ އެ ފެސްޓިވަލް ކުރިން ބާއްވަން ހަމަޖެއްސި ތާރީޚަކީ އެކަން އެންމެ ރަނގަޅަށް ބޭއްވޭނެ މޫސުން ކަމަށް ނުބެލެވޭތީއެވެ.

"އަޅުގަނޑުމެން މި ދަނީ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓާ ވަރަށް ގާތްކޮށް މަސައްކަތް ކުރަމުން. އަޅުގަނޑުމެން މި އިވެންޓު ލަސް ކުރީ ފޯކާސްޓުން ދައްކާ އެންމެ ރަނގަޅު ދުވަހަކަށް ނަސީބު ދިމާ ކުރި ގޮތުން ޢީދު ދުވަސް ކަމަށް މޫސުމާއިބެހޭ އިދާރާއިން ލަފާކޮށްފައިވާތީ" އިންތިޒާމުކުރާ ފަރާތުން ބުންޏެވެ.

މީގެ އިތުރުން ޢީދަށް ފަސް ކުރުމުން ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުޞަތުވެސް ލިބިގެންދާނެ ކަމަށާއި ޓިކެޓުގެ ވިއްކާ ޢަދަދުވެސް 2000 އެއްހާ މީހުންނަށް އިތުރު ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ޓިކެޓް ވިއްކުން މި މެއި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަށާއިރު، ސޯޝަލް މީޑިއާގައި "ލައިކް އެންޑް ޝެއަރ" ޕްރޮމޯޝަންގެ ދަށުން ހިލޭ ޓިކެޓް ލިބުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.
ޓިކެޓެއްގެ އަގަކީ 700/= ރުފިޔާއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް