އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބެލޫންއަށް އަރަން ބޭނުންނުވާ މީހުންނަށް ރިފަންޑް ލިބޭނެ: ޔުނިކްސް ސްޕޯޓިންގ

ބެލޫންއަށް އަރަން ބޭނުންނުވާ މީހުންނަށް ރިފަންޑް ލިބޭނެ: ޔުނިކްސް ސްޕޯޓިންގ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

މިއަހަރުގެ ފިޠުރު ޢީދާއި ގުޅުވައިގެން ބޭއްވުމަށް ހަމަޖެއްސި ހޮޓް އެއަރ ބެލޫންއަށް އަރަންބޭނުންނުވާ މީހުންނަށް ރިފަންޑް ދޭނެކަމަށް ޔުނިކްސް ސްޕޯޓްސް އިން ބުނެފިއެވެ.

އެކަން އިންތިޒާމުކުރާ ޔުނިކްސް ސްޕޯޓްސް އިން ބުނީ ފާއިތުވި 2 ދުވަހުވެސް ބެލޫން އެރުވޭތޯ ވަރަށް މަސައްކަތްކުރި ކަމަށެވެ. އެހެންނަމަވެސް ވައިގެ ތެރޭގައި ބެލޫން ހިފެހެއްޓޭގޮތް ނުވި ކަމަށެވެ.

"ޓިކެޓު ގަނެފައި ތިބި މީހުންގެ ތެރެއިން ބެލޫންއަށް އަރަން ބޭނުން ނުވާ މީހުންނަށް ފައިސާ އަނބުރާ ދޭނަން. ޓިކެޓު ހިފައިގެން އައުމުން އެކަން ހަމަޖެހޭނެ" ޔުނިކްސް ސްޕޯޓްސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވަން ހަމަޖެއްސި ހޮޓް އެއަރ ބެލޫން ފެސްޓިވަލްގައި ބެލޫންއަށް އަރަން ޓިކެޓެއް ވިއްކާފައިވަނީ 700 ރުފިޔާއަށެވެ. އަދި 2 އަހަރާއި 12 އަހަރާއި ދެމެދުގެ ޢުމުރުފުރާގެ ކުދިންނަށް 300 ރުފިޔާއަށެވެ.

ހޮޓް އެއަރ ބެލޫންއަށް އެރުމަށް ޓިކެޓް ނަގާފައިވާ ގިނަ ބަޔަކު އަންނަނީ އެކަމާ ޝަކުވާކުރަމުންނެވެ.

" އެމީހުން ބުނާ ގަޑިއަކަށް ކޮންމެ ދުވަހަކު ދަތުރުކޮށްފައި ހުޅުމާލެ ދިއުމަކީ ފަސޭހަކަމެއް ނޫން. އަނެއްކާ އިންތިޒާމުތައް ވަރަށް ސަކަރާތް. މިކަހަލަ ކަންތައް ކުރާ އިރު، މިއަށްވުރެ އިންތިޒާމުތައްވެސް ރަނގަޅުވާންޖެހޭނެ" ހޮޓް އެއަރ ބެލޫންއަށް އަރަން ޓިކެޓް ނަގާފައިވާ މީހަކު ބުންޏެވެ.

ޔޫތު މިނިސްޓްރީ އާއި ޔުނިކްސް ސްޕޯޓިންގ އިން އިންތިޒާމު ކޮށްގެން ބާއްވަން ނިންމި މި ފެސްޓިވަލް އެންމެ ފުރަތަމަ ބޭއްވުމަށް ނިންމާފައި އޮތީ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެ ތާރީޚަށް ބަދަލުގެނެސް ފިޠުރު ޢީދު ދުވަހު ބޭއްވުމަށް ނިންމީ ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނާއި ކުރިން ބާއްވަން އޮތް ދުވަސްވަރު މޫސުން ތަންނުދޭތީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް