އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމްސާކަޕްގައި މިއަހަރު 16 ޓީމަކުން ބައިވެރިވެއްޖެ

އަމްސާކަޕްގައި މިއަހަރު 16 ޓީމަކުން ބައިވެރިވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

އއ. މަތިވެރި އަމްސާ ޖަމިއްޔާއިން އިންތިޒާމްކޮށް ބާއްވަމުން އަންނަ އަމްސާކަޕް ފުޓްސަލް މުބާރާތުގައި މިއަހަރު 16 ޓީމަކުން ބައިވެރި ވެއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް ފިތުރު އީދު ބަންދާއި ގުޅިގެން މުޅިރާއްޖެއަށް ހުޅުވާލައިގެން ދެ ދުވަހުގެ މުއްދަތަކަށް ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މުބާރާތުގައި މިދިޔަ އަހަރާއި ޚިލާފަށް މިއަހަރު ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.

މިގޮތުން މިއަހަރުގެ މުބާރާތުގައި މިދިޔަ އަހަރަށްވުރެ 4 ޓީމު އިތުރަށް ބައިވެރިވެފައިވާ ކަމަށް އަމްސާއިން މަޢުލޫމާތު ދެއެވެ. މިދިޔަ އަހަރު ބޭއްވި އަމްސާކަޕް 5 ވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 12 ޓީމަކުންނެވެ.

މިއަހަރުގެ މުބާރާތުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޓީމުތަކުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.

މިގޮތުން އއ. މަތިވެރިއަށް ނިސްބަތްވާ 10 ޓީމަކާއި އަވަށްޓެރި އއ. ބޮޑުފޮޅުދޫގެ ދެ ޓީމަކުންނާއި ރާއްޖޭގެ ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ އދ. މަހިބަދޫގެ ޓީމަކާއި މާލޭގެ ދެޓީމަކާއި އދ. ހަންޏާމީދޫގެ ޓީމެއްވެސް މިމުބާރާތުގައިބައިވެރި ވެފައިވެއެވެބައިވެރިވެއެވެ.

އަމްސާ ޖަމިއްޔާއިން ބުނީ ފިޠުރުޢީދު ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މިމުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު 20 ޖޫން 2017 ވާ އަންގާރަ ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ.

މިމުބާރާތުގެ އޮންލައިން މީޑިއާ ޕާރޓްނަރ އަކީ މިއަދުނޫސް އޮންލައިން އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް