އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަފިންސް ޓީމަށް ފައިސާ ނުދެވިވަނީ އެޓީމުގެ ސަބަބުން: އަމްސާ

އަފިންސް ޓީމަށް ފައިސާ ނުދެވިވަނީ އެޓީމުގެ ސަބަބުން: އަމްސާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު



އަމްސާ ކަޕް 2017 ގެ ޗެމްޕިއަންކަން ހޯދި އަފިންސް ޓީމަށް ޗެމްޕިއަން ޓީމަށް ދޭން އަމްސާއިން ކަނޑައަޅާފައިވާ 12,000 ރުފިޔާ ދެވިފައިނުވަނީ އަފިންސް ޓީމުގެ ސަބަބުންކަމަށް އަމްސާ އިން ބުނެފިއެވެ.
އަމްސާގެ ރައީސް މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ފައިނަލް މެޗުގައި އަފިންސް ޓީމުގެ ކުޅުންތެރިއަކު ހިންގި ކުޅިވަރާއި ޚިލާފު ޢަމަލެއްގެ ސަބަބުން އަމްސާ ކަޕްގެ ޑިސިޕްލިނަރީ ކޮމެޓީން ވަނީ އެކަން ބަލާ، އެޓީމު (އަފިންސް ޓީމު) 2000 ރުފިޔާއިން ޖޫރުމަނާކޮށްފައި ކަމަށެވެ.

"މިއަދާ ހަމައަށް އަފިންސް ޓީމުން އެ ޖޫރިމަނާގެ ފައިސާ ދައްކާފައެއް ނުވާއިރު، އެޓީމުންދަނީ އަމްސާ ބަދުނާމު ކުރުމަށް މަސައްކަތް ކުރަމުން ކަމަށާއި އެހެން ކަމުން ޗެމްޕިއަންޓީމަށް ދޭންޖެހޭ ފައިސާ ނުދީ ވަނީ ހިފެހެއްޓިފައި" އަމްސާ އިން ބުންޏެވެ.

މީގެ އިތުރުން އަމްސާއިން ބުނީ އަމްސާކަޕްގެ ރަނަރއަޕް ޓީމުގެ ޖޫރިމަނާގެ ފައިސާ ދައްކާފައިވާތީ އެޓީމަށް ދޭންޖެހޭފައިސާ ދީފައިވާކަމަށެވެ.

އެހެންކަމުން އަފިންސް ޓީމުގެ ޖޫރިމަނާގެ ފައިސާ އަމްސާއަށް ދެއްކިހައި އަވަހަކަށް ޗެމްޕިއަން ޓީމަށް ދޭންޖެހޭ ފައިސާ ދޭނެ ކަމަށް އަމްސާ ޖަމިއްޔާއިން ބުނެއެވެ.

އަފިންސް ޓީމުން އަމްސާ ޖަމިއްޔާ ބަދުނާމު ކުރުމަށް ކުރަމުން ގެންދާ ކަންކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށާއި މިހާރުން މިހާރަށް އެކަން ހުއްޓާލައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އަމްސާއިން ގޮވާލައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް