އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަތިވެރީގައި ބާއްވާ 6 ވަނަ އަމްސާ ކަޕް ފަށައިފި

މަތިވެރީގައި ބާއްވާ 6 ވަނަ އަމްސާ ކަޕް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

އއ. މަތިވެރި އަމްސާ ޖަމިއްޔާއިން ކޮންމެ އަހަރެއްގެވެސް ފިތުރު އީދުގެ މުނާސަބަތުގައި ބާއްވަމުން އަންނަ އަމްސާ ކަޕް ފަށައިފިއެވެ.

މި އަހަރުގެ މުބާރާތް ފަށާފައިވަނީ އިއްޔެ ހަވީރުއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 16 ޓީމަކުން ވާދަކުރާ އިރު، މި މުބާރާތަކީ 2 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތުގައި މަތިވެރީގެ 8 ޓީމަކާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުން 8 ޓީމެއް މިއަހަރު ވަނީ ބައިވެރިވެފައެވެ.

އެގޮތުން އދ. އަތޮޅު މަހިބަދޫ ޓީމަކާއި ހަންޏާމީދޫ ޓީމަކާއި މާލެ އަތޮޅު ހުރާ ޓީމަކާއި މާލެއިން 3 ޓީމާއި މަތިވެރީގެ އަވަށްޓެރި ބޮޑުފޮޅުދޫގެ 2 ޓީމެއް މި މުބާރާތުގައި ވާދަކުރެއެވެ.

ވަރަށް ފޯރިގަދަކޮށް ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ވަނީ ގްރޫޕް ސްޓޭޖްގެ ފުރަތަމަ 16 މެޗް ކުޅެފައެވެ. އަދި މިއަދު ހެނދުނު ދަންފަޅީގައި ގްރޫޕް ސްޓޭޖް ބާކީ 8 މެޗް ކުޅެ، ހަވީރު ކްއާޓަރ ފައިނަލް މެޗްތައް ކުޅުމަށް ތާވަލުކޮށްފައިވާ އިރު، ސެމީ ފައިނަލާއި ފައިނަލު މެޗު ކުޅުމަށް ނިންމާފައިވަނީ މިރެއެވެ.

ޗެމްޕިއަން ޓީމަށް 12000 ރުފިޔާ ލިބޭ މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ މުބާރާތެކެވެ.

މުބާރާތުގެ އަގު އަހަރުން އަހަރަށް ބޮޑު ކުރަމުންދާނެ ކަމަށް އަމްސާ ޖަމިއްޔާއިން މަޢުލޫމާތު ދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް