އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ދެއްކެވި ވާހަކަފުޅު އިދިކޮޅު ފަރާތްތަކުން އޮޅުވާލަމުން ގެންދާ ކަމަށް ސަރުކާރުން ބުނެފި

ރައީސް ދެއްކެވި ވާހަކަފުޅު އިދިކޮޅު ފަރާތްތަކުން އޮޅުވާލަމުން ގެންދާ ކަމަށް ސަރުކާރުން ބުނެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ޕީޕީއެމުން ރޭ ހުޅުވި "ރުމާލް 2" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅު އިދިކޮޅު ފަރާތްތަކުން ގެންދަނީ އޮޅުވައިލަމުން ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހީމް މުޢާޛް ޢަލީ މިރޭ ކުރެވި ޓްވީޓެއްގައި ވިދާޅުވީ "ރޭ ރައީސް ދެއްކެވި ވާހަކަފުޅު އިދިކޮޅު ފަރާތްތަކުން ދަނީ އޮޅުވާލަމުން. ރައީސް އިޝާރާތް ކުރެއްވީ އަލްޖަޒީރާގެ ސްޓީލިންގ ޕެރެޑައިޒް" ކަމަށެވެ.





ރައީސް ޔާމީން ރޭ ދެއްކެވި ވާހަކަފުޅާއި ގުޅިގެން އަލްޖަޒީރާ އިން މިއަދު ވަނީ ޚަބަރެއް ހާމަކޮށްފައެވެ. ރައީސްގެ ވާހަކަފުޅުން "ސްޓީލިންގ ޕެރެޑައިޒް" ރިޕޯޓު ތެދުވެއްޖެކަން ދައްކަން އެ ޚަބަރުގައި ވަނީ މަސައްކަތްކޮށްފައެވެ.

އަލްޖަޒީރާ އިން ހާމަކުރި ސްޓީލިންގ ޕެރަޑައިޒްގައި ހިމެނޭ ކަންކަން ސަރުކާރުން ޚާއްޞަކޮށް އެމްއެމްއޭ އިން ވަނީ ދޮގުކޮށްފައެވެ. ރައީސް ޔާމީން ރޭ ވަނީ އަލްޖަޒީރާގެ ރިޕޯޓަށް ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ.

އަލްޖަޒީރާގެ ޚަބަރު:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް