އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާރިސް ހައްޔަރުކުރުމަށް ރައީސް ޔާމީން ވަނީ އަންގަވާފައި: މުއާޒު

ފާރިސް ހައްޔަރުކުރުމަށް ރައީސް ޔާމީން ވަނީ އަންގަވާފައި: މުއާޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަންގަވާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ޢަލީ ވިދާޅުވެއްޖެއެވެ.

މުއާޒުގެ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކީ ޤާނޫނު ތަންފީޒުކުރަން ހުރި އެންމެ އިސް ފަރާތްކަމަށާއި ފާރިސް ހައްޔަރުކުރަން ޝަރުޢީ ކޯޓަކުން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް ރައީސް ޔާމީން ފުލުހުންނަށް އަންގަވާފައިވާކަމަށެވެ.

މުއާޒު މިހެން ވިދާޅުވެފައިވާއިރު، ފާރިސް ދިރިއުޅުއްވާ ގެކޮޅުގައި ހުންނަވާ މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވެފައިވަނީ ރާއިސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކުން ޕޮލިސް ކޮމިޝަނާ އަރީފަށް ގުޅުއްވަމުންދާކަމަށް ފާރިސް ގާތުގައި އަރީފު ވިދާޅުވިކަމަށެވެ. އެހެން ނަމަވެސް، އަރީފާ ފާރިސްއާ ބައްދަލުކުރެއްވިކަމަށް ވިދާޅުވެ ފާރިސް ދެއްކެވި ވާހަކަތައް ފަހުން ވަނީ ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ދޮގުކުރައްވައިފައެވެ.

މީގެ ގަޑިއިރެއްވަރު ކުރިން ފުލުހުން ވަނީ ފާރިސް ދިރިއުޅުއްވާ ގެކޮޅަށް ވަދެ އެ ގެކޮޅު ބަލައިފާސްކުރުމުގެ މަސައްކަތް ފަށައިފައެވެ. ކޯޓުން ނެރުނު އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުތަކަކާ ގުޅިގެން ފާރިސް މައުމޫން ސަރުކާރު ވައްޓާލަން ރާވާފައިވާކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވޭތީވެ ހެއްކާއި ޤަރީނާ ހޯދުމަށް ފުލުހުން އެ ގެކޮޅު ބަލައިފާސްކުރުމަށެވެ.
ފާރިސްގެ ގެކޮޅު ބަލައިފާސްކުރަން ކޯޓުން އަމުރު ނެރެފައިވަނީ ރޭ ފަތިހު 4:00 ޖަހާކަށް ހާއިރުއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް