އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚިތާނީ ފެސްޓިވަލުގެ ޑިމާންޑް ބޮޑުވެ 500 ޖާގައަށް އިތުރުކޮށްފި

ޚިތާނީ ފެސްޓިވަލުގެ ޑިމާންޑް ބޮޑުވެ 500 ޖާގައަށް އިތުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން މަހާރަނި ފާޠިމަތު އިބްރާހީމް އިސްވެ ހުންނަވައި ހިންގަވަމުން ގެންދަވާ ޞަދަޤާތް ފައުންޑޭޝަނުން ބާއްވާ ޚިޠާނީ ފެސްޓިވަލަށް ޑިމާންޑް ބޮޑުވެ 500 ޖާގައަށް ޖާގަ އިތުރުކޮށްފިއެވެ.

ކުރިން އިއުލާނުކޮށްފައިވަނީ 140 ޖާގަ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ރޭ ވަނީ ޖުމުލަ 500 ފޯމު ދޫކޮށްފައެވެ.

ޚިތާނު ކުރުމުގެ ފެސްޓިވަލުގައި ބައިވެރިވާ ކުދިންނަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކޮށްދެނީ ޞަދަޤާތް ފައުންޑޭޝަނުންނެވެ. ތަރުޖަމާނު އިބްރާހީމް މުޢާޛް ޢަލީ ވިދާޅުވީ މިކަމަށް ހިނގާ ހުރިހާ ޚަރަދެއްވެސް ކޮށްދެއްވަނީ ދީލަތި ބޭފުޅުންގެ އެހީތެރިކަމާއިއެކުގައި ކަމަށެވެ.

މި ފެސްޓިވަލް ފެށުމަށް ކުރިން ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ހުޅުމާލޭ ހިރިޔާ ސްކޫލްގައެވެ. މުޢާޛް މިއަދު ވިދާޅުވީ މިހައި ގިނަ އަދަދެއްގެ ކުދިން ޚިޠާނުކުރަން އެދުމުން އިތުރު ސަރަހައްދެއް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މަސައްކަތް ކުރައްވަނީ ދެ ސަރަހައްދުގައި ވެސް ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ހަރަކާތް ފެށްޓެވުމަށް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް