އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސާއި އާންމުންނާއި ދެމެދު މުއާމަލާތް ކުރުމުގައި އެއްވެސް ހުރަހެއް ނެތް- ތަރުޖަމާނު

ރައީސާއި އާންމުންނާއި ދެމެދު މުއާމަލާތް ކުރުމުގައި އެއްވެސް ހުރަހެއް ނެތް- ތަރުޖަމާނު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ސޯޝަލް މީޑިއާގައި "ރައީސަށް މެސެޖު ނުކުރެއްވުމަށް" ކަމަށް ބުނެ މިދުވަސްކޮޅު ދައުރުވަމުންދާ ސްކްރީންޝޮޓަކީ އެކެއް ފެބްރުއަރީ ގެ އަމުރާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގެ ސްކްރީންޝޯޓެއް ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ އާއި އާންމުންނާއު ދެމެދު މުއާމަލާތް ކުރުމުގައި މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް، މުއާޒް ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއަދު ކުރެއްވި ތިން ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެއިރު ކުރި ޓްވީޓަކީ އެހާލަތާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއް ކަމަށާއި ނަމަވެސް މިހާރު އެހާލަތު ނެތިގޮސް ރައީސާއި އާންމުންނާއި ދެމެދު މުއާމަލާތް ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"ރިޔާސީ އިންތިހާބާއި ދިމާކޮށް އެޓްވީޓާއި ޚަބަރުގެ ތާރީޚު ފޮރުވައިގެން މިދައުރުކުރާ ސްކްރީންޝޮޓްގެ ހަގީގަތް، އާންމުނަށް އޮޅުން އަރާ ގޮތަށް ފަތުރަމުންދާތީ މިޢަމަލު ކުށްވެރިކުރަން" މުއާޒް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކުރިއެކޭ އެއްގޮތަށް، ރައީސަށް މެސެޖުގެ ޒަރީއާއިން ވެސް މުއާމަލާތް ކުރުމުގައި ހުރަހެއް ނެތް ކަމަށެވެ.





Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ