އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ބޮސް" - ބޮހަކުުން ސިއްކަ ޖެހިފައިވާ ގުޅުމެއް

"ބޮސް" - ބޮހަކުުން ސިއްކަ ޖެހިފައިވާ ގުޅުމެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

ބޮހަކުން ސިއްކަ ޖެހިފައިވާ ގުޅުމެއް ނުވަތަ "އަ ބޮންޑް ސީލްޑް ވިތު އަ ކިސް" އޭ ބުނުމުން މިދައްކަނީ ކޮންއެއްޗެއްގެ ވާހަކަކަން، ގިނަ ބަޔަކަށް ހަމަ ޔަޤީނުންވެސް މިހާރު އިނގޭނެއެވެ.

ކްރިސްޓަލް އެންޓަރޓެއިންމެންޓުން އުފައްދާ ލޯބީގެ އަސަރުގަދަ ފިލްމު "ބޮސް" ގެ ޝޫޓިންގ ނިމި، ފިލްމު ޕްރިމިއަރ ކުރަން ތައްޔާރުވެފައިވަނީ، މިފިލްމަކީ ވަރަށް ވެސް އަސަރުގަދަ ފިލްމަކަށް ވާނެ ކަމުގެ ވައުދަކާއިއެކުގައެވެ.

"ބޮސް" މިފިލްމަކީ، ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ރޮއްވާލި ނުވަތަ އެންމެ ގިނަ ބަޔަކަށް ފުން އަސަރުތަކެއް ކުރުވި ފިލްމުތަކެއް އުފެއްދި ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ/ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާތިމަތު ނަހުލާ (ނަހޫ) ޕްރޮޑިއުސްކޮށް އަދި އެފަދަ ދެވަނައެއް ނުވާ، އެމީހެއްގެ ކޮންމެ މަސައްކަތެއް ވެސް އެންމެ ފުރިހަމަ ނުވަތަ ފުރިހަމަވުމާ އެންމެ ބޮޑަށް ގާތް ކުރާ ކުޅަދާނަ އެކްޓްރެސް/ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ އައިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

"ވަރަށް އިމޯޝަނަލް ވާނެ މިފިލްމު. މިފިލްމު ބަލާފަ ނިކުތުމަށްފަހު ވެސް މީގެ އަސަރު ހުންނާނެ ދުވަސްތަކެއް ވަންދެން. އަޅުގަނޑުގެ ފިލްމު 'ޒުލޭހާ' ބަލާފަވެސް ވީތާދޯ އެހެން. އެކަހަލަ އަސަރެއް 'ބޮސް' ގަވެސް ހުންނާނެ" ފިލްމާއި ބެހޭ ގޮތުން 'މިއަދުނޫހަށް' ދިން އިންޓަރވިއު އެއްގައި ނަހޫ ބުންޏެވެ.

ފިލްމުގެ ހުރިހާ ޝޫޓިންގ އެއް ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ ޑަބިންގ އާއި އެޑިޓިން ފަދަ މަސައްކަތްތަކެވެ. ހަތަރު ސްޓޫޑިއޯ އެއްގައި އެއްވަގުތަކުވަރަށް ބުރަކޮށް "ބޮސް" ގެ ފައިނަލް މަސައްކަތް ބޮސް ގެ ޓީމުން ކުރިއަށް ގެންދަނީ ވަރަށް ވެސް ހީވާގިކަމާއިއެކުގައެވެ. މިފަދަ މަންޒަރެއް ރާއްޖެއިން ފެނިފައިމިވަނީ މުޅިން އަލަށެވެ.

މިމަހުގެ 31 ވަނަ ދުވަހު އޮލިމްޕަސް ސްކްރީންގައި ޕްރިމިއަރ ކުރަން ހަމަޖެހިފައިވާ "ބޮސް" ގެ ލީޑް ރޯލުން ފެނިގެންދަނީ، މިހާރު ދިވެހި ފިލްމް އިންޑަސްޓްރީގެ ނުހަނު އުހުގައި ފިޔަޖަހަމުން އަންނަ ތަރި މަރިޔަމް އައްޒަ އެވެ. އައްޒައާއި އެކު ދެން ފެނިގެންދާނީ މިދާއިރާއަށް މުޅިން އަލަށް ތަޢާރަފްވާ އެހެންނަމަވެސް އޭނާގެ ހުނަރުން އެހެން ތަރިންނާއި ޑައިރެޓަރުން އާޝޯޚު ކުރުވި ފަންނާނެއް ކަމަށްވާ މުޙައްމަދު ޔުނާން އެވެ.

އައްޒައާއި ޔުނާން ގެ އިތުރުން "ބޮސް" އިން ފެނިގެންދަނީ ފިލްމު އިންޑަސްޓްރީގައި އަރަމުންދާ ތަރި ފާތުމަތު އަޒީފާ (އަޒޫ) އަދި އިބްރާހިމް ޖިހާދު (ޖިމީ) އެވެ. މީގެއިތުރުން އަލީ އާޒިމް (ދޮން އައްޔަ) އަލީ ޝަމީލް އަދި ޚާއްސަ ފަރާތެއް ކަމަށްވާ އަޙުމަދު ޝިޔާމް (އައްޒަ ގެ ބައްޕަ) ވެސް މިފިލްމުން ފެނިގެންދާނެއެވެ.

ޖުމްލަ ހަތް ލަވަ ހިމެނޭ "ބޮސް" ގެ ލަވަތައް ކިޔާ ދީފައިވަނީ ރާފިއަތު ރަމީޒާ، ހަމޫދު އަޙުމަދު، މަރިޔަމް އަޝްފާ، ޝަލަބީ އިބްރާހިމް، އައިޝަތު މާއިން ރަޝީދު،މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ)، އިބްރާހިމް އަލީ (ކުޑަ އިއްބެ) އަދި އަޙްމަދު ނަބީލް އެވެ.

"ބޮސް" ގެ ޓިކެޓް ބުކް ކުރުން މިއަދު ބަންދު ކުރެވިފައިވާއިރު، ޓިކެޓް ވިއްކުން އޮލިމްޕަހުގައި މާދަމާ ފެށޭނެއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް







Saabas dhen hama 2017-10-03 07:45:03

Bohakun nekey nukiyaane...bos dhinumakun ney kiyaanee...dhivehi bas rangalhah beynun kohlabala ihah


މަރިޔަމް ވަހީދާ