އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒަމާންތަކަކަށްފަހު އަނެއްކާވެސް "ނަހޫ ސްޓައިލް" ގެ ފިލްމެއް- ބޮސް

ޒަމާންތަކަކަށްފަހު އަނެއްކާވެސް "ނަހޫ ސްޓައިލް" ގެ ފިލްމެއް- ބޮސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ރެއަކީ ބޮޑު ރެއެކެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ، އަނެއްކާވެސް ނަހޫގެ އަނެއް މާސްޓަރޕީސް "ބޮސް" ޕްރިމިއަރ ކުރި ރެއެވެ.

އޮލިމްޕަހުގައި ރޭ މިފިލްމު ޕްރިމިއަރ ކޮށްދިނީ މީޑިއާގެ ދާއިރާގައި ވަރަށް ގިނަ ދުވަސް ވަންދެން ޚިދުމަތް ކުރަމުން އަންނަ، މުޙައްމަދު އާސިފް (މޮންދު) އެވެ.



ކްރިސްޓަލް އެންޓަރޓެއިންމެންޓް ގެ އުފެއްދުމެއް ކަމަށްވާ "ބޮސް" ޕްރޮޑިއުސް ކޮށްފައިވަނީ އަސަރުން ފުރިގެންވާ ގިނަ ފިލްމުތަކެއް އުފައްދާފައިވާ ޕްރޮޑިއުސަރ/ޑައިރެކްޓަރ/ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ) އެވެ. އަދި މިފިލްމު ޑައިރެކްޓް ކޮށްފައިވަނީ އެފަދަ ދެވަނައެއް ނުވާ ހުނަރުވެރި އެކްޓަރ/ޕްރޮޑިއުސަރ/ޑައިރެކްޓަރ އައިޝަތު ރިޝްމީ އެވެ.

"ބޮސް" ޑައިރެކްޓް ކުރުމާއި ރިޝްމީ ހަވާލުވި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާ ބުނަމުން ދިޔައީ މިފިލްމަކީ "ނަހޫ ސްޓައިލް" ގެ ފިލްމަކަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ. ރޭ މިފިލްމު ބެލާފައި ނިކުތް މީހުންގެ މޫނުތަކަށް ބަލާލާފައި އެކަން ރިޝްމީ ހާސިލްކުރިކަން ކަށަވަރު ވެއްޖެއެވެ.



ޒަމާންތަކަކަށްފަހު މިފަދަ އަސަރުގަދަ ފިލްމެއް ނަހޫ ތައްޔާރު ކޮށްފައިވާއިރު، ފިލްމުގައި ހަރަކާތްތެރިވި ހުރިހާ ތަރިންގެ ހުނަރުވެރި އެކްޓިންގ ވެސް އެހާމެ މޮޅެވެ. ފިލްމުގެ މެއިން ކާސްޓުންނަކީ މިހާރު ފިލްމީ ދާއިރާގައި އެފަދަ ދެވަނައެއް ނުވާ ކުޅަދާނަ އެކްޓްރެސް މަރިޔަމް އައްޒަ އެވެ. އައްޒަ އާއިއެކު ދެން މިފިލްމުން ފެނިގެން ދަނީ ފިލްމީ ދާއިރާއަށް މުޅިން އަލަށް ތަޢާރަފްވާ އެހެން ނަމަވެސް ވަރަށްވެސް ކުޅަދާނަ އެކްޓިންގ އެއް ދައްކުވާދިން މުހައްމަދު ޔުނާން އެވެ.

އައްޒަ އާއި ޔުނާން ގެ އިތުރުން ދެން މިފިލްމުން ފެނިގެން ދަނީ ތަފާތު އެކި ރޯލުތައް ކުޅެ ބެލުންތެރިންގެ ހިތްތަކުން މަޤުބޫލުކަމެއް ހޯދާފައިވާ ފާތުމަތު އަޒީފާ (އަޒޫ) އެވެ. އަޒޫ އާއި އެކު ހަމަ އެފަދަ ހުނަރުވެރި އެކްޓިންގ އެއް އިބްރާހިމް ޖިހާދު (ޖިމީ) އަދި އަލީ އާޒިމް (ދޮން އައްޔަ) ވެސް ދައްކުވާދީފައިވެއެވެ.

ފިލްމުގެ ސީނިއަރ ކާސްޓުންގެ ތެރޭގައި "ޒަލްޒަލާ" އިން ބެލުންތެރިންގެ ހިތްތަކާއި ކުޅެލި އަލީ ޝަމީލު އަދި އައްޒަގެ ބައްޕަ އަހުމަދު ޝިހާމް ވެސް ހިމެނެއެވެ.

"ބޮސް" އަކީ ނަހޫ ގެ މާސްޓަރޕީސް އަކަށް ވުމާއިއެކު، މިފިލްމުގައި ހިމެނޭ ލަވަތަކަކީ ވެސް ހަމަ ސީދާ މިފިލްމަށް ޚާއްސަ ކޮށްގެން އުފައްދާފައިވާ ލަވަތަކެކެވެ. ފިލްމުގައި އަޑު އަހާލަން ހިތްގައިމު، އަދި އެހާމެ އަސަރުގަދަ، މުޅިއަކު އަށް ލަވަ ހިމެނެއެވެ. އަދި ދާދި ފަހުން ނަހޫ އާއި "ބޮސް" ޓީމުން ވަނީ މިފިލްމުގެ ދެ ތީމް ލަވަ ވެސް ރިލީޒް ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ