އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ބޮސް" ގެ ތީމް ލަވަތައް މާދަމާ ރޭ، ފިލްމާއި ގުޅޭ ގޮތުން ތަރިންނާއި ސުވާލުވެސް ކުރެވޭނެ

"ބޮސް" ގެ ތީމް ލަވަތައް މާދަމާ ރޭ، ފިލްމާއި ގުޅޭ ގޮތުން ތަރިންނާއި ސުވާލުވެސް ކުރެވޭނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

އޮކްޓޯބަރުމަސް ފެށުނު ދުވަހުން ފެށިގެން ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރަމުން އަންނަ ދުވަހަކީ މިމަހުގެ އެންމެ ފަހު ދުވަހަށެވެ. އެއީ އެދުވަހަކީ، ކުޅަދާނަ ޕްރޮޑިއުސަރ/ޑައިރެކްޓަރ/ވާހަކަ ލިޔުންތެރިޔާ، ފާތިމަތު ނަހުލާ ޕްރޮޑިއުސްކޮށް އައިޝަތު ރިޝްމީ ޑައިރެކްޓު ކޮށްފައިވާ ދިވެހި ފިލްމު "ބޮސް" ޕްރިމިއަރ ކުރާ ދުވަސް ކަމުގައިވާތީއެވެ.

"ބޮސް" ގެ ޓްރެއިލަރ ބެލުމަށްފަހުއާއި ލަވަތަކުގެ އޯޑިއޯ އަޑުއެހުމަށްފަހު، މިފިލްމަށް ބެލުންތެރިން ކުރާ އިންތިޒާރުވަނީ ބޮޑުވެފައެވެ. އަދި މިފިލްމުގެ ހުރިހާ ލަވައަކަށް ވެސް ގިނަ ބެލުންތެރިންވަނީ ސަނާ ކިޔާފައެވެ.

ފިލްމުގެ ލަވަތަކުގެ ތެރެއިން ދެ ތީމް ލަވަ، މާދަމާ ރޭ ލޯންޗު ކުރުމަށް ހަމަޖެހިފައިވާ ކަމުގެ އުފާވެރި ޚަބަރު ފިލްމުގެ ޕްރޮޑިއުސަރ ފާތިމަތު ނަހުލާ (ނަހޫ) ވަނީ ދީފައެވެ.މާދަމާ ރޭ ބޭއްވޭ މިޚާއްސަ ރަސްމިއްޔާތުގައި، "ބޮސް" ގެ ފޭސްބުކް ޕޭޖުން ލައިވްކޮށް ދައްކާއިރު، ފިލްމުގެ ހުރިހާ ތަރިންވެސް މިރަސްމިއްޔާތުގައި ބައިވެރިވާން ހަމަޖެހިފައިވެއެވެ.

މީގެއިތުުރުން، ފޭސްބުކް ޕޭޖް މެދުވެރިކޮށް "ބޮސް" ގެ ހުރިހާ ތަރިންނާއިވެސް ފިލްމާއި ގުޅޭ ގޮތުން ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

"ބޮސް ފޭސްބުކް ޕޭޖުން ލައިވް ކުރެވެމުން ދާއިރު ފިލްމާއި ގުޅޭގޮތުން ޕޭޖުގައި ސުވާލު ކުރެވިދާނެ، ނުވަތަ ޕެޖަށް ސުވާލު އިންބޮކްސް ވެސް ކުރެވި ދާނެ. އެސުވާލުތަކަށް ފިލްމުގެ ތަރިން ވަގުތުން ޖަވާބު ދޭނެ" ނަހޫ ބުންޏެވެ.

ނަހޫ އުފައްދާ ކޮންމެ ފިލްމެއްގައިވެސް ހިމެނޭ ލަވަތަކަކީ، ނުހަނު އަސަރުގަދަ އަދި އެހާމެ ރީތި ލަވަތަކެކެވެ. އޭނާގެއެހެން ފިލްމުތަކާއި އަޅާ ބަލާއިރު، ބޮސްގެ ލަވަތައް މާއަސަރުގަދަވެފައި ޚާއްސަ އެވެ. ސަބަބަކަށް ވަނީ "ބޮސް" ގެ ލަވަތަކަކީ ހަމަ ސީދާ އެފިލްމަށް ހަދާފައިވާ ލަވަތަކަށްވުމާއި އެހާމެ ރީތިވެފައި އަސަރުގަދަ ވުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ