އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޑްނައިޓް ރަންގައި އިލެކްޓްރޯނިކް ޓައިމިންގ ބަލަހައްޓާ މީހުން މިރޭ ރާއްޖެ އަންނާނެ..

މިޑްނައިޓް ރަންގައި އިލެކްޓްރޯނިކް ޓައިމިންގ ބަލަހައްޓާ މީހުން މިރޭ ރާއްޖެ އަންނާނެ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު



މާލޭ މިޑްނައިޓް ރަންގައި މިއަހަރު އިލެކްޓްރޯނިކް ޓައިމިންގ ބަލަން ނިންމާފައިވާ އިރު، ޓައިމިންގ ބަލަހައްޓާ މީހުން މިރޭ ރާއްޖެ އަންނާނެ ކަމަށް އެ އިވެންޓުގައި އިސްކޮށް އުޅުއްވާ ޢަބްދުﷲ ޚަލީލް (އައްބެ) ވިދާޅުވެއްޖެއެވެ.

މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން އައްބެ ވިދާޅުވީ މިއީ އިލެކްޓްރޯނިކް ޓައިމިންގ މާލޭ މިޑްނައިޓް ރަންގައި ބަލަހައްޓާ ފުރަތަމަ ފަހަރު ކަމަށާއި އެކަން ކުރަނީ އަވަށްޓެރި އިންޑިއާގެ ބަޔަކު ކަމަށެވެ.

"އަޅުގަނޑުމެން މިދުވުން ބާއްވާ މިއީ ތިންވަ އަހަރު. އެންމެބޮޑު ގޮންޖެހުމަކަށް ދިމާވީ ޓައިމިންގ ގެ މައްސަލަ. އެއީ ދުވާ ކޮންމެ މީހަކުވެސް ބޭނުންވާނެ އެމީހެއްގެ ޕަރސަނަލް ބެސްޓް އަބަދުވެސް ބަލައިލަން. އެކަން ކުރެވޭނީ އިލެކްޓްރޯނިކް ޓައިމިންގ ބަލަހައްޓައިގެން. އެއީ ދުވާ ކޮންމެ މީހެއް އަތުގަ ގަޑިއެއް އޮވެ، އެއިން ބެލިޔަސް އޮފިޝަލް ޓައިމިންގއަކަށް ވާނީ އިވެންޓް އިންތިޒާމުކުރާ ފަރާތުން ބަލާ ގަޑިތާދޯ" އައްބެ ވިދާޅުވިއެވެ.

މިއަހަރުގެ މާލޭ މިޑްނައިޓް ރަން އޮންނާނީ މި އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހުގެ ރެއެވެ. މައިގަނޑު ދުވުމެއްގެ ގޮތުގައި ހާފު މެރަތަން (21.2 ކިލޯމީޓަރ) ހަމަޖައްސާފައިވީ ނަމަވެސް 5 ކިލޯމީޓަރ އާއި 10 ކިލޯމީޓަރ ވަނީ ހިމަނާފައެވެ. އަދި މިއަހަރުގެ ދުވުމުގައި 10 އަހަރުންދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ކިޑްސް ސްޕްރިންޓާއި ހިނގަން ނުވަތަ ދުވަން އަލަށް ފަށައިގަންނަމީހުންނަށް 10 ކިލޯމީޓަރު ހިނގުންވެސް ވަނީ ހިމަނާފައެވެ.

މިއަހަރުގެ ދުވުމުގައި 35 އަހަރާއި 45 އަހަރާދެމެދާއި 46 އަހަރުން މަތީގެ ދުވުންތެރިންގެ ތެރެއިން ހާފު މެރަތަން (21.2 ކިލޯމީޓަރ) އެންމެ އަވަހަށް ނިންމާ ފަސް ބައިވެރިއަކު (ކޮންމެ އުމުރުފުރާއަކުންވެސް) ހޮވާ، ސެޓްފިކެޓް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން ހާފު މެރަތަން 3 ގަޑިއިރުގެ ތެރޭގައި ނިންމާ ކޮންމެ ބައިވެރިއަކަށް ފިނިޝަރ ޓީޝާޓް ދިނުމަށްވެސް ވަނީ ނިންމާފައެވެ. މިއީ ހާފު މެރަތަން ނިންމައިގެން ފިނިޝަރ ޓީޝާޓް ރާއްޖޭގައިދޭ ފުރަތަމަ ފަހަރެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް