އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މި އަހަރުގެ މިޑްނައިޓް ރަން ބާއްވައިފި

މި އަހަރުގެ މިޑްނައިޓް ރަން ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

މި އަހަރުގެ މިޑްނައިޓް ރަން ބާއްވައިފިއެވެ.

މިއީ 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދުވުމެކެވެ. މިއަހަރުގެ ދުވުމުގައި ހާފު މެރަތަން (21.1 ކިލޯ މީޓަރ) އާއި 5 ކިލޯ މީޓަރ އޯޕަން އާއި 15 އަހަރުން ދަށާއި 10 ކިލޯމީޓަރ ދުވުން ވަނީ ބާއްވާފައެވެ.

މީގެ އިތުރުން މުޅިން އަލަށް ވަނީ ކިޑްސް ސްޕްރިންޓާއި އަލަށް ދުވަން ނުވަތަ ހިނގަން ފަށާ މީހުންނަށް ޚާއްސަ އިވެންޓެއްވެސް ވަނީ ބާއްވާފައެވެ. އަދި މިއަހަރުގެ މިޑްނައިޓް ރަންގެ ހާފު މެރަތަން ނިންމާ ދުވުންތެރިންނަށް ފުރަތަމަ ފަހަރަށް ފިނިޝަރ ޓީޝާޓުވެސް ވަނީ ދީފައެވެ.

މިއަހަރުގެ ދުވުމުގައި 35 އަހަރާއި 45 އަހަރާދެމެދާއި 46 އަހަރުން މަތީގެ ދުވުންތެރިންގެ ތެރެއިން ހާފު މެރަތަން (21.2 ކިލޯމީޓަރ) އެންމެ އަވަހަށް ނިންމާ ފަސް ބައިވެރިއަކު (ކޮންމެ އުމުރުފުރާއަކުންވެސް) ހޮވާ، ސެޓްފިކެޓް ދީފައިވާ އިރު، ހާފު މެރަތަން 3 ގަޑިއިރުގެ ތެރޭގައި ނިންމާ ކޮންމެ ބައިވެރިއަކަށް ފިނިޝަރ ޓީޝާޓެއް ވަނީ ދީފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް