އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޑްނައިޓް ރަންގައި 46 އަހަރުން މަތީގެ ދުވުންތެރިންގެ ތެރެއިން ހާފު މެރަތަން އެންމެ އަވަހަށް ނިންމި 5 ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްފި

މިޑްނައިޓް ރަންގައި 46 އަހަރުން މަތީގެ ދުވުންތެރިންގެ ތެރެއިން ހާފު މެރަތަން އެންމެ އަވަހަށް ނިންމި 5 ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

މިއަހަރުގެ މިޑްނައިޓް ރަންގެ ހާފު މެރަތަންގައި ބައިވެރި މީހުންގެ ތެރެއިން ޢުމުރުން 46 އަހަރުން މަތީގެ އެންމެ އަވަހަށް ރޭސް ނިންމި 5 ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްފިއެވެ.

ލެމަން ގްރާސްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ 5 ދުވުންތެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ މިޑްނައިޓް ރަން ދިވެހި ވުޖޫދަށް ތަޢާރަފްކޮށްދިން އަދި ދުވުންތެރިޔާ ޢަބްދުﷲ ޚަލީލް (އައްބެ) އެވެ.

މިއަހަރުގެ މާލޭ މިޑްނައިޓް ރަންގައި 46 އަހަރުން މަތީގެ ޢުމުރުފުރާއިން 21.2 ކިލޯ މީޓަރ (ހާފު މެރަތަން) ނިންމި ދުވުންތެރިންނަށް ހޮވިފައިވަނީ ބީބީ ރަނަރސްގެ 4 ދުވުންތެރިން ކަމަށްވާ އަންވަރު ޙުސައިންއާއި ޢަބްދުލް ވާޙިދުއާއި ޢަބްދުއްރަޝީދާއި އަޙްމަދު ނަޞީރު ޢަބްދުﷲ އަދި އިބްރާހިމް ނަޢީމްއެވެ.

އައްބެ ވިދާޅުވީ މި ޢުމުރުފުރާތަކަށް ސެޓްފިކެޓް ދިނުމަށް ނިންމީ އަބަދުވެސް ވަނަތަކަށް ހޮވެނީ ޒުވާން ދުވުންތެރިން ކަމަށެވެ. އެހެންނަމަވެސް ދޮށީ ޢުމުރުގެ ވަރަށް ގިނަ މީހުންވެސް ދިގުދުވުންތަކުގައި ދުވަމުން އަންނާތީ އެމީހުންނަށް ހިތްވަރުދިނުން ކަމަށެވެ.

މީގެ އިތުރުން މެރަތަންއަށް ނުވަތަ ދިގު ދުވުންތަކަށް މިހާރަށްވުރެވެސްބޮޑަށް އަހުލުވެރިކުރުވާ، ޚާއްސަކޮށް ދޮށީ ޢުމުރުގެ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ކަސްރަތާއި ދުވުމުގެ މުހިންމުކަން ވިސްނައިދިނުމަކީވެސް ސެޓްފިކެޓް ދިނުމުގެ ބޭނުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުގެ މިޑްނައިޓް ރަންގެ ހާފު މެރަތަން ނިންމި ދުވުންތެރިންނަށްއަގު ވަޒަން ކުރުމުގެ ގޮތުން ފިނިޝަރ ޓީޝާޓު ވަނީ ދީފައެވެ. މި ޓީޝާޓް ދީފައިވަނީ އެ ދުވުންތެރިން ރޭސް ނިންމި ވަގުތުއެވެ.
މިއީ ހާފު މެރަތަން ނިންމާ ދުވުންތެރިންނަށް ރާއްޖޭގައި ފިނިޝަރ ޓީޝާޓް ދިން ފުރަތަމަ ފަހަރެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް