އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޑްނައިޓް ރަންގެ ރޭސް ކިޓް ދޫކުރަން ފަށައިފި– މިރޭ ރޭސް ފަށާނީ ދަންވަރު 12 ޖަހާއިރު...

މިޑްނައިޓް ރަންގެ ރޭސް ކިޓް ދޫކުރަން ފަށައިފި– މިރޭ ރޭސް ފަށާނީ ދަންވަރު 12 ޖަހާއިރު...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު



މިރޭ ބާއްވާ މާލޭ މިޑްނައިޓް ރަންގެ ރޭސް ކިޓް ދޫކުރަން ފަށައިފިއެވެ.

މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރޭސް ކިޓް ދޫކުރުން މިއަދު ހަވީރު 18:00 އާހަމައަށް ކުރިއަށް ގެންދާނެކަމަށެވެ. އަދި ރޭސް ކިޓް ދޫކުރާނީ ގ. ކަކާގެ އާގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ފިޒިއޯ ކްލިނިކުން ކަމަށެވެ.

ޢަބްދުﷲ ޚަލީލު (އައްބެ) ވިދާޅުވީ ރޭސް ކިޓް މިއަދު ނުނަގާ ފަރާތްތަކަށް ކުޅިވަރު އެކުވެނި ސަރަހައްދުން ކިޓް ލިބޭނެ ކަމަށާއި ނަމަވެސް ކުރިން ކިޓް ނެގުމަކީ އިންތިޒާމުކުރާ ފަރާތަށް ފަސޭހަވާނެ ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ރޭސް ފަށާގަޑި މިހާރު ބަދަލުވެފައިވާ ކަމަށާއި އެގޮތުން ހާފު މެރަތަން އާއި 15 އަހަރުންދަށުގެ 5 ކިލޯ މީޓަރ ދުވުން ފަށާނީ މިރޭ 12 ޖަހާއިރު، ކުޅިވަރުއެކުވެނި ސަރަހައްދުން ކަމަށެވެ. އަދި 10 ކިލޯމީޓަރ އޯޕަން ކެޓަގަރީ އާއި 10 ކިލޯމީޓަރ ހިނގުން ފަށާނީ ދަންވަރު 12:30ގައި ކަމަށާއި 5 ކިލޯ މީޓަރ އޯޕަން ފަށާނީ 12:30 ގައި ކަމަށެވެ.

އައްބެ ވިދާޅުވީ މި ރޭހުގައި ދުވާ އެންމެންވެސް މިރޭ 23:30 އަށް ކުޅިވަރު އެކުވެނި ސަރަހައްދަށް އައުމަށް އެދޭ ކަމަށެވެ.

މިރޭސް ފަށާގަޑިއަށް ބަދަލުގެނައި ސަބަބާއިގުޅޭގޮތުން އައްބެ ވިދާޅުވީ މި ރޭސް ކުރިން ފަށަން އޮތީ މިރޭ 22:30 ގައި ނަމަވެސް ގަޑިއަށް ބަދަލުގެނައީ ސަރުކާރުގެ ފަރާތުން މިރޭ ބާއްވާ ޖަލްސާގެ ސަބަބުން ދުވުންތެރިންނަށް ދިމާވެދާނެ ދަތިތަކެއްގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް ދުވުންތެރިއަކަށް އުނދަގުލެއް ދިމާވާކަށް ދުވުމުގެ ތެރޭގަ. އެހެންވެ މިގޮތަށް ނިންމީ. ދެން މާލޭގަ ދުވަންޏާ ހުންނާނެ އުނދަގޫތަކެއް ދިމާވާނެ. އަދި އެއީ ކޮންމެތަކެއްގަ ދުވިޔަސް. އެއީނުވާނެ ކަމެއްނޫން" އައްބެ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް