އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޤްޠިޞާދީ އަދި އިޖުތިމާޢީ ދާއިރާތަކުން ޖަޕާނާ ރާއްޖޭގެ ގުޅުން މިދަނީ ބަދަހިވަމުން: އިވާއޯ ހޯރީ

އިޤްޠިޞާދީ އަދި އިޖުތިމާޢީ ދާއިރާތަކުން ޖަޕާނާ ރާއްޖޭގެ ގުޅުން މިދަނީ ބަދަހިވަމުން: އިވާއޯ ހޯރީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

ޖަޕާނާއި ރާއްޖޭގެ މެދުގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނު ދުވަހުން ފެށިގެން ދެ ޤައުމުގެ މެދުގައި އިޤްޠިޞާދީ އަދި އިޖުތިމާޢީ ދާއިރާތަކުން ދަނީ ގުޅުންތައް އިތުރަށް ބަދަހިކުރެވެމުން ކަމަށް ޖަޕާނުގެ ޕާލަމެންޓްރީ ވައިސް ޕްރެޒިޑެންޓް ފޮރ ފޮރިން އެފެއާޒް އިވާއޯ ހޯރީ ވިދާޅުވެއްޖެއެވެ.

ޖަޕާނާއި ރާއްޖޭގެ މެދުގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 50 އަހަރު ފުރުން ފާހަގަކުރުމަށާއި ޖަޕާނުގެ އެމްޕަރަގެ އުފަން ދުވަސް ފާހަގަކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އިވާއޯ ހޯރީ ވަނީ ރާއްޖެއަށް މިނިވަންކަން ލިބުމުގެ އެންމެ ކުރީކޮޅު ދެ ޤައުމުގެ މެދުގައި ސިޔަސީ ގުޅުން ޤާއިމުކުރެވުނުކަން ފާހަގަކުރައްވައިފައެވެ.



އިވާއޯ ހޯރީ ވިދާޅުވީ 14 ނޮވެމްބަރު 1967 ގައި ދެ ޤައުމުގެ މެދުގައި ސިޔާސީ ގުޅުން ޤާއިމުކުރެވުމާއިއެކު ދެ ޤައުމުގެ މެދުގައި ގުޅުންތައް އަންނަނީ ބަދަހިކުރެވެމުން ކަމަށާއި އެ ގުޅުންތައް އަންނަނީ ވަރަށް ބަދަހިކަމާއިއެކު ކުރިއަރަމުން ކަމަށެވެ.

އިވާއޯ ހޯރީ ވިދާޅުވީ ރާއްޖެއަކީ ޖަޕާނުގެ ފަތުރުވެރިންނަށް ވަރަށް މަޤްބޫލު މަންޒިލެއް ކަމަށާއި އަހަރަކު ޖަޕާނުގެ 40،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށެވެ.

"ދެ ޤައުމުގެ މެދުގައި އޮންނަނީ ފަތުރުވެރިކަމުގެ ގުޅުމެއް ނޫން. އެހެނިހެން ދާއިރާތަކުންވެސް މިދަނީ ގުޅިގެން މަސައްކަތް ކުރަމުން. ތަފާތު ދާއިރާތަކުން ރާއްޖެއަށް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދޭ. އަސްކަރީ ތަމްރީނުތައް ދަނީ ހަދަމުން. ކާރިސާތަކުން ސަލާމަތްވުމަށް މިގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުން. މާލެ ވަށައިލާފައިވާ ސީވޯލަކީވެސް ދިވެހިން ވަރަށް ބޮޑަށް ބަލައިގެންފައިވާ ޚިދުމަތެއް."

ދެ ޤައުމުގެ މެދުގައި ބަދަހިވަމުން އަންނަ ޚާރިޖީ ގުޅުންތަކަށް އަލިއަޅުއްވާލައްވައި އިވާއޯ ހޯރީ ވިދާޅުވީ ޖަޕާނަށް ދާން ބޭނުންވާ ވިސާ މިހާރު ރާއްޖެއިން ލިބޭނެ ކަމަށާއި ފުރަތަމަ ވިސާގައި ޚާރިޖީވަޒީރު ޑރ. މުޙައްމަދު ޢާޞިމް ވަނީ މީގެ ދެ ހަފްތާކުރިން ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ކަމަށެވެ.

އިވާއޯ ހޯރީ ވިދާޅުވީ ކުޅިވަރުގެ ދާއިރާއިންވެސް ދެ ޤައުމުގެ މެދުގައި ދަނީ ގުޅުންތައް ބަދަހިކުރެވެމުން ކަމަށެވެ.

"ޖަޕާނަށް އައި ބިންހެލުމާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ރައްޖެއިން ވަނީ ހަތް ލައްކަ ދަޅު މަހުގެ އެހީއެއް ދީފަ. އެއީ ދެޤައުމުގެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ހާމަވެގެން ދިއަ ކަމެއް."

މިޤަރުނަކީ ވިޔަފާރީގެ ގުޅުންތައް އިތުރަށް ކުރިއަރުވަން މަސައްކަތްކުރެވެމުން އަންނަ ދުވަސްވަރެއް ކަމާއި ޖަޕާނާއި ރާއްޖޭގެ މެދުގައި ވިޔަފާރީގެ ދާއިރާއިން ގާތް ގުޅުންތަކަށްވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވައި ލައްވަވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް