އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަޕާނާ ރާއްޖެއަކީ ބަދަހި ގުޅުމަކުން ގުޅިފައިވާ ދެޤައުމު: ކަޒުމީ އެންޑޯ

ޖަޕާނާ ރާއްޖެއަކީ ބަދަހި ގުޅުމަކުން ގުޅިފައިވާ ދެޤައުމު: ކަޒުމީ އެންޑޯ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ޖަޕާނާއި ރާއްޖެއަކީ ފެށުނީންސުރެ ބަދަހި ގުޅުމަކުން ގުޅިގެން ދެ ޤައުމުގެ ގުޅުން ބަދަހިކުރަން މަސައްކަތްކުރަމުން އަންނަ ދެ ޤައުމު ކަމަށް ރާއްޖެއަށް ޖަޕާނުން ކަނޑައަލުއްވާފައި ހުންނެވި ސަފީރު ކަޒުމީ އެންޑޯ ވިދާޅުވެއްޖެއެވެ.



ޖަޕާނާއި ރާއްޖޭގެ މެދުގައި ސިޔާސީ ގުޅުން ޤާއިމުކުރުމަށް 50 އަހަރު ފުރުމާއި ޖަޕާނުގެ އެމްޕެރަރގެ އުފަން ދުވަސް ފާހަގަކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ހަފްލާގައި ސަފީރު ވިދާޅުވީ ޖަޕާނާއި ރާއްޖެ އަކީ ދެ ޤައުމުގެ ކަންކަން ވަރަށް ރަނގަޅަށް އެނގިގެން މަސައްކަތްކުރާ ދެ ޤައުމު ކަމަށެވެ.



ސަފީރު ވަނީ ރާއްޖެއިން އިޤްޠިޞާދީ އަދި އިޖުތިމާޢީ ކުރިއެރުން ހޯދަން މިހާރު ގެންނަމުންދާ އިޞްލާޙީ ބަދަލުތައް ފާހަގަކުރައްވައި ތައުރީފް ކުރައްވައިފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ހޯދާފައިވާ ބޮޑެތި ކުރިއެރުންތައްވެސް ސަފީރު ފާހަގަކުރެއްވެވިއެވެ.



ސަފީރު ވިދާޅުވީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުންތައް ވަރަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށެވެ. "އެފާރުގައި ބަހައްޓާފައި އެހެރަ ފޮޓޯތަކުންވެސް އެކަންކަން ވަރަށް ރަނގަޅަށް އެނގިގެންދާނެ."

އިޤްޠިޞާދީ ދާއިރާއިންނާއި އިންސާނީ ކުރިއެރުމަށް ދެ ޤައުމުން ބަހައްތަމުން ގެންދާ ސަމާލުކަންވެސް ސަފީރު ވަނީ ފާހަގަކުރައްވައިފައެވެ.



މިރޭގެ ރަސްމިއްޔާތުގައި ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ޑިޕޮލޮމެޓުންނާއި އދގެ އެޖެންސީތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް