އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަޕާނުގެ ޚާރިޖީވަޒީރު ރާއްޖެ ވަޑައިގަންނަވަނީ

ޖަޕާނުގެ ޚާރިޖީވަޒީރު ރާއްޖެ ވަޑައިގަންނަވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ޖަޕާނުގެ ޚާރިޖީވަޒީރު ޓާރޯ ކޯނޯ ރާއްޖެ ވަޑައިގަނަވަން ހަމަޖެހިއްޖެއެވެ.

ޓާރޯ ކޯނޯގެ މި ދަތުރުފުޅުގައި ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާއި ބައްދަލުކުރެއްވުމުގެ އިތުރުން ޚާރިޖީވަޒީރު ޑރ. Mޫޙައްމަދު ޢާޞިމް އާއިވެސް ބައްދަލު ކުރައްވަވައި މަޝްވަރާކުރައްވަވާނެއެވެ.

އެމަނިކުފާނު ރާއްޖެއަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައިވަނީ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހުއެވެ. ފުރާވަޑައިގަންނަވާނީ ޖަނަވަރީ މަހުގެ 7 ވަނަ ދުވަހުއެވެ.

މިއަހަރަކީ ރާއްޖެ އާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރުފުރުނު އަހަރު ކަމަށްވާއިރު ޚާރިޖީ ވަޒީރުގެ މި ދަތުރުުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ޖަޕާނަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީއަށާއި ތައުލީމަށް އެންމެ ބޮޑަށް އެހީތެރިވެފައިވާ ޤައުމުކަން ފާހަގަކުރެވެއެވެ. ރާއްޖޭގެ މާލީ ހާލަތު ވަރަށް ނިކަމެތި ދުވަސްވަރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޖަޕާނުން ވަނީ ސްކޫލެއް އަޅައިދީފައެވެ.

މާލެވަށައިގެން އޮތް ބޮޑު ތޮށްޓަކީވެސް ޖަޕާނުގެ ހިލޭއެހީއެކެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށާއި ކާރިސާތަކުން ސަލާމަތްވުމަށްވެސް ޖަޕާނުން ގެންދަނީ އެހީތެރިވަމުންނެވެ. ޕޯސްޓެލް އިމާރާތް ޖަޕާނުން ރާއްޖެއަށް ހަދިޔާކުރީ ސަރަހައްދުގައި ހުރި އެންމެ ޒަމަނީ ވަސީލަތްތަކާއި އެކުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް