އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިލޯ އިންވިޓޭޝަނަލް ކަޕް - ޓިޕްސްއާއި އީޓީއެފްއޭ ފައިނަލަށް

މައިލޯ އިންވިޓޭޝަނަލް ކަޕް - ޓިޕްސްއާއި އީޓީއެފްއޭ ފައިނަލަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

މައިލޯ އިންވިޓޭޝަނަލް ކަޕްގައި މިއަދު ހެނދުނު ކުޅެން ހަމަޖެހިފައިވާ ގްރޫޕް ސްޓޭޖްގެ ފަހު ދެ މެޗާއި ސެމީ ފައިނަލްގެ ދެ މެޗު ކުޅެ ނިމިއްޖެއެެވެ.

ހެނދުނު ކުޅުނު ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގެ އާލީ ޓަޗް ފުޓްބޯލް އެކެޑެމެޑީ (އީޓީއެފްއޭ) އާއި، ސްރީލަންކާގެ މެންޗެސްޓާ ޔުނައިޓެޑް އެކެޑެމީގެ ހުދު ޓީމެވެ. މި މެޗު މެންޗެސްޓަރގެ ހުދު ޓީމު ބަލިކޮށް، އީޓީއެފްއޭ މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ.

ގްރޫޕް ސްޓޭޖްގެ ފަހު މެޗެގައި ބައްދަލުކުރީ ގްރޫޕް އޭގެ ސްރީލަންކާގެ މެންޗެސްޓާ ޔުނައިޓެޑް އެކެޑެމީގެ ރަތް ޓީމާއި ބީޖީ ސްޕޯޓްސްގެ އެކެޑެމީއެވެ. މި މެޗު ބީޖީ ބަލިކޮށް، މެންޗެސްޓާގެ ރަތް ޓީމު މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ.

ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ނިމުނުއިރު، ގްރޫޕް އޭއިން ސެމީ ފައިނަލަށް ދަތުރުކުރީ އެއްވަނަ ލިބިގެން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އާއި ދެވަނަ ލިބިގެން މާޒިޔާ ސްޕޯޓްސްގެ އެކެޑެމީއެވެ. ގްރޫޕް ބީއިން ސެމީއަށް ދަތުރުކުރި ދެ ޓީމަކީ އެއްވަނަ ލިބިގެން އިންޑިއާގެ ޓިޕްސް އެފްސީ އެކެޑެމީއާއި ދެވަނަ ލިބިގެން އާލީ ތަޗް ފުޓްބޯލް އެކެޑެމީ (އީޓީއެފްއޭ) އެވެ.

ގްރޫޕް ސްޓޭޖްގެ ފަހު ދެ މެޗު ނިމި، ސެމީއަށް ދަތުރުކުރި 4 ޓީމު ކަށަވަރުވުމާއެކު، އެއް ގަޑިއިރުގެ ބްރޭކެއް ނަގާ ސެމީ ފައިނަލުގެ މެޗުތައް ކުޅެން ފެށިއެވެ.

ސެމީ ފައިނަލުގައި އެންމެ ފުރަތަމަ ބައްދަލުކުރީ ގްރޫޕް އޭގެ އެއްވަނަ ހޯދި މޯލްޑިވްސް ސޮކަރ މޭޓްސް (އެމްެއެސްއެމް) އާއި ގްރޫޕް ބީގެ ދެވަނަ ހޯދި އާލީ ޓަޗް ފުޓްބޯލް އެކެޑެމީ (އީޓީއެފްއޭ) އެވެ. މި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެގެންނެވެ. ފައިނަލަށް ދާ ޓީމު ކަށަވަރުކުރުމަށްޓަކައި ޖެހި ޕެނަލްޓީ ޝޫޓުން 2-3 ގެ ނަތީޖާއިން އީޓީއެފްއޭ ކުރި ހޯދައި މުބާރާތުގެ ފައިނަލަށް ދަތުރުކުރިއެެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގެ އެއްވަނަ ހޯދި އިންޑިއާގެ ޓިޕްސް އެފްސީ އެކެޑެމީއާއި ގްރޫޕް އޭގެ ދެވަނަ ހޯދި މާޒިޔާ ސްޕޯޓްސްގެ އެކެޑެމީއެވެ. މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ނަތީޖާ ހަމަހަމަވުމުން ފައިނަލަށް ދާނެ ޓީމު ކަށަވަރުކުރަން ޖެހި ޕެނަލްޓީ ޝޫޓު ނިމުނީ 2-3 އުން ޓިޕްސް އެފްސީ ކުރި ހޯދައިގެންނެވެ.

ސެމީ ފައިނަލް ކާމިޔާބުކޮށްގެން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ އީޓީއެފްއޭ އެކެޑެމީއާއި އިންޑިއާގެ ޓިޕްސް އެފްސީ އެކެޑެމީއެވެ. މި ދެ ޓީމު ކުޅޭ ފައިނަލު މެޗު މިއަދު ހަވީރު 16.30ގައި ހެންވޭރު ދަނޑުގައި ފަށާނެވެ.

މިއީ ދިވެހި ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ އެހީތެރިކަމާއެކު، ކްލަބް މޯލްޑިވްސްއާއި ހުޅުމާލެ ސްޕޯޓްސް ސްކޫލް ގުޅިގެން 14 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ ފުޓުބޯޅަ މުބާރާތެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް