އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިލޯ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ސްކޫލު ޓީމު އިވެންޓުތަކުގެ ޗެމްޕިއަނުން ކަށަވަރުވެއްޖެ

މައިލޯ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ސްކޫލު ޓީމު އިވެންޓުތަކުގެ ޗެމްޕިއަނުން ކަށަވަރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

މައިލޯ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ސްކޫލު ޓީމު އިވެންޓުތަކުގެ ޗެމްޕިއަނުން ކަށަވަރުވެއްޖެއެވެ.

މި މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ ވ. ކެޔޮދޫ ސްކޫލެވެ. ފިރިހެން ބައިން ކެޔޮދޫ ސްކޫލު ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލާއި ވާދަކޮށް ފޯރިގަދަ ކުޅުމަކަށްފަހު، 3 ގޭމް 2 ގޭމުން ކާމިޔާބުކޮށްގެންނެވެ. އަންހެން ބައިގެ ޗެމްޕިއަންކަން އެ ސްކޫލުން ހޯދީ ޅ. ނައިފަރު މަދުރަސަތުލް އިފްތިތާޙާ ވާދަކޮށް ފަސޭހަކަމާއެކު ސީދާ 3 ގޭމުން ކާމިޔާބުކޮށްގެންނެވެ.

14 އަހަރުން ދަށުގެ ޢުމުރުފުރައިގެ ފިރިހެން ބައިން މުލަކު ސްކޫލު ޗެމްޕިއަންކަން ހޯދީ ކެޔޮދޫ ސްކޫލާއި ވާދަކޮށް 3 ގޭމް 1 ގޭމުންނެވެ. އަދި މި ޢުމުރުފުރައިގެ އަންހެން ބައިގާ މީމު އަތޮޅު ތަޢުލީމީ މަރުކަޒާއި މުލަކު ސްކޫލު ބައްދަލުކޮށް ސީދާ 3 ގޭމުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ މީމު އަތޮޅު ތަޢުލީމީ މަރުކަޒެވެ.

މީގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން މީމު އަތޮޅު ތަޢުލީމީ މަރުކަޒުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި ވާދަކޮށް ސީދާ 3 ގޭމުން ހޯދި އިރު، މި ޢުމުރުފުރައިގެ ފިރިހެން ޗެމްޕިއަންކަން ހޯދީ މާމެންދޫ ސްކޫލެވެ. އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ވާދަކޮށެވެ.

މައިލޯ އިންޓަރ ސްކޫލް 15 ވަނަ ބެޑްމިންޓަން މުބާރާތުގެ އޯޕަން އިވެންޓުތައް މިއަދު ވަނީ ފަށާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު