އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިލޯ އިންވިޓޭޝަނަލް ކަޕްގެ ޗެމްޕިއަންކަން އީޓީއެފްއޭ ހޯދައިފި

މައިލޯ އިންވިޓޭޝަނަލް ކަޕްގެ ޗެމްޕިއަންކަން އީޓީއެފްއޭ ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މައިލޯ އިންވިޓޭޝަނަލް ކަޕްގެ ފައިނަލް މެޗުގައި 0-3 ގެ ނަތީޖާއިން ފަސޭހަކަމާއެކު އިންޑިއާގެ ޓިޕްސް އެފްސީ އެކެޑެމީ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން އާލީ ޓަޗް ފުޓުބޯލް އެކެޑެމީ (އީޓީއެފްއޭ) ހޯދައިފިއެވެ.

އީޓީއެފްއޭގެ ލަނޑުތައް މި މެޗުގައި ކާމިޔާބުކޮށްދީފައިވަނީ އާމިން އުމަރު، އަހުމަދު މާއިޝް ރަޝީދު، އަދި އަހުމަދު ތާއިފް ރިލްވާންއެވެ.

މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ އީގަލްސް ސްޕޯޓްސް އެެކެޑެމީގެ ޖަނަމް މުސްޠަފާއެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމުލަ 5 ލަނޑު ޖަހައިފައެވެ.

މުބާރާތުގެ އެންމެ މޮޅު 4 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޓިޕްސް އެފްސީގެ އަދުވިކް ކަމޭޝްއާއި އީޓީއެފްއޭ އެކެޑެމީގެ ތިން ކުޅުންތެރިން، އަހުމަދު މުހައްމަދު ތަސްނީމާއި، ޔޫސުފް ޔުނާން އާމިރާއި، އަހުމަދު ތާއިފް ރިލްވާނެވެ.
އެ ކުޅުންތެރިންގެ ތެރެއިން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށް ހޮވިފައިވަނީ އީޓީއެފްއޭ އެކެޑެމީގެ އަހުމަދު ތާއިފް ރިލްވާނެވެ.

މައިލޯ އިންވިޓޭޝަނަލް ކަޕަކީ ދިވެހި ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ އެހީތެރިކަމާއެކު ކްލަބް މޯލްޑިވްސްއާއި ހުޅުމާލެ ސްޕޯޓްސް ސްކޫލް ގުޅިގެން 14 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަކޮށްގެން ބޭއްވި ފުޓުބޯޅަ މުބާރާތެކެވެ.
މި މުބާރާތުގައި ރާއްޖޭގެ 8 އެކެޑެމީއެއްގެ އިތުރުން އިންޑިއާގެ ޓިޕްސް އެފްސީ އެކެޑެމީގެ ޓީމަކާއި ސްރީލަންކާގެ މެންޗެސްޓާ ޔުނައިޓެޑް އެކެޑެމީގެ ދެ ޓީމު ބައިވެރިވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް