އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން މަގުފަހިކޮށްދޭނެ: ރައީސް ޒީ ޖިންޕިން

ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން މަގުފަހިކޮށްދޭނެ: ރައީސް ޒީ ޖިންޕިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ޗައިނާއިން އެހީތެރިވެދީ މަގުފަހިކޮށްދޭނެ ކަމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ވިދާޅުވެއްޖެއެވެ.

ދެ ޤައުމުގެ މެދުގައި މިއަދު ވެވުނު އެއްބަސްވުންތަކަށްފަހު ރައީސް ޒީ ޖިންޕިން ވިދާޅުވީ ރާއްޖޭގެ އިޤްޠިޞާދާއި ތަރައްޤީ އުފުލައިލުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކުގައި ޗައިނާއިން އެހީތެރިވެދޭނެ ކަމަށެވެ. އަދި ދެ ޤައުމަށް ފައިދާ ހުރި ކޮންމެ ކަމެއްގައިވެސް ރާއްޖެއަށް އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމަށެވެ.

ރައީސް ޒީ ޖިންޕިން ވިދާޅުވީ ތަރައްޤީގައި ދެ ޤައުމުގެ މިސްރާބު އެއްގޮތްވީ ދުވަހުން ފެށިގެން ދެ ޤައުމުގެ ގުޅުން މިދަނީ އިތުރަށް ބަދަހިވަމުން ކަމަށެވެ. ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށްޓަކައި މަތީ ފެންވަރުގައި ކުރާ މަސައްކަތްތައް އިތުރުކުރުމުގެ މުހިންމުކަންވެސް ރައީސް ޒި ޖިންޕިން ވަނީ ފާހަގަކުރައްވައިފައެވެ.



މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ އިޤްޠިޞާދަށާއި އިތުރު ހަކަތަ ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދޅުވެފައެވެ.

ރައީސް ޢަބްދުﷲ ޔާމީންވެސް މިއަދު ވަނީ ހަަމަ މިމޭރުމުން ވާހަކަފުޅު ދައްކަވައިފައެވެ.

ރައިސް ޔާމީން ވެސް މިއަދު ވިދާޅުވެފައިވަނީ ދެ ޤައުމުގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ. އިޤްޠިޞާދީ އަދި އިޖުތިމާޢީ ދާއިރާތަކުން ކުރިއަރައި ދިއުމަށް އިތުރަށް ަމަގުފަހިވެގެންދާނެ ކަމަށެވެ.



ރާއްޖެ ކުޑަ ކަމާއިއެކުވެސް ޗައިނާއިން ރާއްޖޭގެ ތަރައްޤީއަށްޓަކައި ހިންގައިދެމުން ގެންދާ މަޝްރޫއުތައް ގިނަ ކަމާއި ފޯރުކޮށްދެމުން ގެންދާ އެހީތެރިކަން ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ.

އިޤްޠިޞާދީ ގޮތުން ބަލާއިރު އެއާޕޯޓްގައި ދެވަނަ ރަންވޭ އެޅުމުގެ މަޝްރޫއު ފާހަގަކުރެވޭއިރު ބްރިޖް މަޝްރޫއާ ހައުސިންގ މަޝްރޫއުތަކަކީ އިޖުތިމާޢީ ގޮތުން އެންމެ ފާހަގަކުރެވޭ މަޝްރޫއުތަކެވެ. ލ. އަތޮޅުގައި ތަރައްޤީކޮށްދީފައިވާ މަގުތަކަކީ ވެސް ފާހަގަކުރަންޖެހޭ ބޮޑު ޚިދުމަތެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް