އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިހަވަންދޫ ދޯންޏެއްގައި "ރޯކޮށްލި" މައްސަލާގައި މީހަކު އަދި ހައްޔަރެއް ނުކުރޭ

އިހަވަންދޫ ދޯންޏެއްގައި "ރޯކޮށްލި" މައްސަލާގައި މީހަކު އަދި ހައްޔަރެއް ނުކުރޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

އިއްޔެ އިރުއޮއްސުނު ވަގުތު ހއ. އިހަވަންދޫގައި ބަންނަމުން ދިޔަ ފައިބަރު ދޯންޏެއްގައި "ރޯކޮށްލި" މައްސަލާގައި މިހާތަނަށް އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ގާތްގަނޑަކަށް 90 ފޫޓު ހުރިއެދޯނި ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާ ހުލިވެފައެވެ. މިމައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު މައުލޫމާތެއް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެދޯނީގައި އަލިފާންރޯވީ، ގަސްތުގައި ބަޔަކު ރޯކޮށްލުމުން ކަމަށް ބައެއް މީހުން ތުހުމަތު ކުރިނަމަވެސް، އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ރަމީޒް ވިދާޅުވީ އެފަދަ ގޮތަކަށް ތުހުމަތު ކުރެވެން ނެތް ކަމަށެވެ.

ގަސްތުގައި އެދޯނީގައި ރޯކޮށްލިކަމަށް ނިންމާނީ ފުލުހުންގެ ތަހުގީގު ނިމުމުން ކަމަށާއި އެއީ މިހާތަނަށް ދުވަހަކުވެސް އެރަށުގައި ހިނގާފައިނުވާފަދަ ހާދިސާއެއް ކަމަށް ވެސް އަލީ ރަމީޒު ވިދާޅުވިއެވެ.



Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ