އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިހަވަންދޫ "ނަލަ މައިޒާން" ފުލުހުން ރޫޅާލައިފި

އިހަވަންދޫ "ނަލަ މައިޒާން" ފުލުހުން ރޫޅާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ހއ. އިހަވަންދޫ ބަނދަރުމަތީގައި ހުންނަ "ނަލަ މައިޒާން" ފުލުހުން ރޫޅާލަމުން އެބަ ގެންދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމައިޒާނަކީ، އެރަށުގެ ބައެއް ރައްޔިތުން "ރާއްޖެ ޓީވީ" ބެލުމަށް އެއްވާ މައިޒާނެކެވެ.

އިހަވަންދޫ "ނަލަ މައިޒާން" ފުލުހުން ރޫޅާލަމުން ގެންދާ މަންޒަރު ދައްކުވާދޭ ވީޑިއޯ އެއް އާންމުވެފައިވީ ނަމަވެސް، އެމައިޒާން ރޫޅާލަނީ ކޮން ސަބަބަކާއިހެދި ކަމެއް އަދި އެނގިފައެއް ނުވެއެވެ. އަދި މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވެސް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ނަލަ މައިޒާން ރޫޅަލުމުން، އެރަށުގެ ގިނަ ރައްޔިތުންތަކެއް ދަނީ އެކަމާއި ނުރުހުން ފާޅު ކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ