އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިހަވަންދޫ ޖަލްސާއަށް ހުރަސް ނާޅާ އެއްބާރުލުން ދިނުމަށް އިދިކޮޅު ފަރާތްތަކުން އެދިއްޖެ

އިހަވަންދޫ ޖަލްސާއަށް ހުރަސް ނާޅާ އެއްބާރުލުން ދިނުމަށް އިދިކޮޅު ފަރާތްތަކުން އެދިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

އިދިކޮޅު ފަރާތްތަކުން މާދަމާ ރޭ ހއ. އިހަވަންދޫގައި ބާއްވަން ހަޖަމައްސާފައިވާ ޖަލްސާއަށް ހުރަސް ނުއެޅުމަށާއި އެ ޖަލްސާއަށް އެއްބާރުލުން ދިނުމަށް އެދިއްޖެއެވެ.

މީޑިއާއަށް މައުލޫމާތު ދެމުން އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބައްދަލުވުންތައް ބާއްވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކަމަށާއި އެފަދަ ބައްދަލުވުންތައް ބޭއްވުމަކީ އިދިކޮޅު ފަރާތްތަކަށް ލިބިފައިވާ ޤާނޫނީ ޙައްޤެއް ކަމަށެވެ.

އަޙްމަދު ވިދާޅުވީ އެލްޖީއޭ އިން އިހަވަންދޫ ކައުންސިލުގެ ހުރިހާ މެންބަރުން ކުއްލިއަކަށް ސަސްޕެންޑްކުރީ ޖަލްސާއަށް ބިރު ދެއްކުމަށް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި އަދި ފެނަކައިގެ މުވައްޒިފަކު އެހެން ރަށަކަށް ބަދަލުކުރަން އުޅޭ ކަމުގެ މައުލޫމާތު ވެސް ލިބިވަޑައިގެންފައިވާ ކަމަށާއި އެކަން ކުރަނީވެސް ޖަލްސާއަށް ހުރަސް އެޅުމަށް ކަމަށެވެ.

އަޙްމަދު ވިދާޅުވީ ބިރު ދެއްކި ނަމަވެސް ޖަލްސާއަށް ހުރަސް ނުއެޅޭނެ ކަމަށާއި ލިބޭނީ އިތުރު ހިތްވަރާއި އިތުރު ކާމިޔާބީ ކަމަށެވެ.
މާދަމާ ރޭ ބާއްވާ ޖަލްސާއަށް ވާންޖެހޭ ތައްޔާރީތައް ވަމުން ގެންދާ ކަމަށްވެސް އަޙްމަދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް