އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ނަލަ މައިޒާން" ރޫޅާލި ކަމުގައިވިޔަސް އިހަވަންދޫގައި އެހެން ހަރުގެއެއް އަޅަން ފަށައިފި

"ނަލަ މައިޒާން" ރޫޅާލި ކަމުގައިވިޔަސް އިހަވަންދޫގައި އެހެން ހަރުގެއެއް އަޅަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ހއ. އިހަވަންދޫގައި ގިނަ ރައްޔިތުން ޒިޔާރަތް ކުރަމުން ގެންދިޔަ "ނަލަ މައިޒާން" ފުލުހުން އިއްޔެ ހަވީރު ރޫޅާލިތާ 24 ގަޑިއިރު ނުވަނީސް، އެރަށުގައި އެހެން ހަރުގެއެއް ހެދުމުގެ މަސައްކަތް އިހަވަންދޫގެ ބައެއް ރައްޔިތުން ފަށައިފިއެވެ.



އިހަވަންދޫގައި ހުރި ނަލަ މައިޒާން ފުލުހުން ރޫޅާލީ، އެމައިޒާނުގައި އިހަވަންދޫ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ރާއްޖެޓީވީ ބަލާތީކަމަށް، މިހާރު ސަސްޕެންޑު ކޮށްފައިހުރި އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

އިއްޔެ ހަރުގެ ރޫޅާލުމުން، މިއަދު ރައްޔިތުން ނިކުމެ އެހެން ހަރުގެއެއް އަޅަން ފެށުމަކީ އިސްލާހީ މަސައްކަތުގައި އިހަވަންދޫ ރައްޔިތުން ފަހަތައް ނުޖެހޭނެކަން ދޭހަވާ ކަމެއް ކަމުގައި މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

"ނަލަ މައިޒާން" ރޫޅާލީ އިއްޔެ އެރަށަށް ދިޔަ ފުލުހުންގެ ޓީމަކާއި އިހަވަންދޫގައި މަސައްކަތް ކުރާ ފުލުހުން ގުޅިގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ