އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ އިސްތިޤްލާލާ ނުބެހުމަށް ޗައިނާއިން އެހެން ޤައުމުތަކަށް އިލްތިމާސްކޮށްފި

ރާއްޖޭގެ އިސްތިޤްލާލާ ނުބެހުމަށް ޗައިނާއިން އެހެން ޤައުމުތަކަށް އިލްތިމާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާއި އެހެން ޤައުމުތަކުން ނުބެހި ރާއްޖޭގައި ހުރި ދާޚިލީ މައްސަލަތައް ރާއްޖެއިން އަމިއްލައަށް މަޝްވަރާކޮށްގެން ހައްލުކުރަން ދޫކޮށްލުމަށް އެހެން ޤައުމުތަކަށް ޗައިނާއިން އިލްތިމާސްކޮށްފިއެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ރާއްޖޭގެ މަޝްރަޙް އިތުރަށް ހޫނުވެދާނެ ފަދަ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ބައިނަލްއަޤްވާމީ މުޖުތަމައުން މަސައްކަތްކުރަންވާނީ މައްސަލައަށް ހައްލެއް ހޯދޭނެ ގޮތްތަކަށް ކަމަށެވެ.

ތަރުޖަމާނު ވިދާޅުވެފައިވަނީ ރާއްޖެ އާއި ޗައިނާގެ ފްރީޓް ޓްރޭޑް އެއްބަސްވުމަކީ ދެ ޤައުމަށް ފައިދާކުރާ އެއްބަސްވުމެއް ކަމަށާއި ޗައިނާ އާއި ރާއްޖޭގެ މެދުގައި އޮންނަ ގާތް ގުޅުމުގެ ތެރެއިން ރާއްޖޭގެ ދާޚިލީ ކަންކަމާއި ޗައިނާއިން ނުބެހޭނެ ކަމަށެވެ.

ޗައިނާއަކީ ރާއްޖޭގައި އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވާ ޤައުމުކަމަށްވާއިރު ރާއްޖޭގައި އުފެދޭ ދާޚިލީ ކޮންމެ މައްސަލައަކުން ވެސް އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ޤައުމަކީ ޗައިނާއެވެ. ޗައިނާ އާއި ރާއްޖޭގެ މެދުގައި ގުޅުން މިހައި މިންވަރަށް ބަދަހިވެގެން އައީ މިސަރުކާރުގެ ވެރިކަމުގައެވެ. ޗައިނާއިން ގެންދަނީ ރާއްޖެއަށް އިޤްޠިޞާދީ ތަރައްޤީ ހޯދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް