އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ޗައިނާގެ ފަތުރުވެރިން މަދުވެ ފަތުރުވެރިކަމަށާއި މޯލްޑިވިއަނަށް ބޮޑެތި ގެއްލުންތަކެއް

ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ޗައިނާގެ ފަތުރުވެރިން މަދުވެ ފަތުރުވެރިކަމަށާއި މޯލްޑިވިއަނަށް ބޮޑެތި ގެއްލުންތަކެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ އަދަދު މަދުވެ ޤައުމުގެ ފަތުރުވެރިކަމަށާއި ޤައުމީ އެއާލައިން، މޯލްޑިވިއަނަށް އަންނަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ މިކަންކަމާއި ގުޅިގެން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު، ޒަންގ ލިޒޯންގ އާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި މޯލްޑިވިއަންގެ އެމްޑީ ޢަބްދުލް ހާރިސް އާއި އެމްއެމްޕީއާރުސީގެ އެމްޑީ ހާރިސް މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވަނީ ރާއްޖެ އަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ އަދަދު އިތުރު ކުރެވޭނެ ގޮތްތަކަށް މަޝްވަރާ ކޮށްފައެވެ.

ފާއިތުވި 7 އަހަރަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކީ ޗައިނާއެވެ. ރާއްޖޭގެ މިހާރުގެ ޙާލަތާއި ގުޅިގެން ޗައިނާއިން ވަނީ މިދުވަސްކޮޅު ރާއްޖެއަށް ޒިޔާރަތް ނުކުރުމަށް ޗައިނާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް