އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައިފަރުން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

ނައިފަރުން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހު ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި، 18 އަހަރުން ދަށުގެ ކުއްޖެއްކަމަށެވެ.

ނައިފަރު ބަނދަރު ސަރަހައްދުން މި ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އެ މީހުންގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދަށް ނައިފަރު މެޖިސްޓްރޭޓް ކޯޓުން ވަނީ 8 ދުވަހުގެ މުއްދަތެއް ދީފައެވެ.

ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް







ޒީޔާދު 2018-02-26 18:00:35

<br /> ނައިފަރުގަ މަސްތުވާ ތަކެތި ވަރަށް ތިޔާގި. ތިރަށުގަ ރިސޯޓް ކޮޅެއް ހަދާފައި ހުރިތަނުގައި ބޮގަރު ވެސް ބޭނުން ކުރޭ. ތިރަށު ރައްޔިތުން ގަބޫލްކުރިޔަސް ނުކުރިޔަސް. ގިނަ މައިންބަފައިން ކުދިން ބޭނުންކުރާކަން ސިއްރުކޮއްގެން ތިބެނީ. އެކަމަކު އެންމެނަށް އެނގޭ. ދަރިން ހަލާކު ކުރާނީވެސް މައިންބަފައިން. ހަލާކުގެ މަގަށްވެސް ގެންދާނީ އެމީހުން. ދަރިންނަށް ވަރަށް މިނިވަންކަން ދޭ ބައެއް. ގޭގައި ބައިތިއްބައިގެން ބެލެނިވެރިން ހޯދާދޭވާހާކާ ވެސް. އިވެ. ތިރަށުގަ ޕޮލިސް ވެސް ފާހާނގަ ކުރެވުނީ. ރަށުމީހުން. ނުވަތަ ރަށުމީހަކާ އިދެގެން އުޅޭ މީހުން ތިބިކަން. ގޭގައި ތިބުމުގެ ފުރުސަތު ބޮޑު އޭރުން. . ބެލީމާ ފެންނާނެ ސަރވޭއެއްކޮއްބަލަ.