އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންނަށް ލިބެނީ ވޯޓުލުމުގެ ހައްޤު އެކަންޏެއް ނޫން - ސަރުކާރު ޤާނޫނަށް ބޯލަނބަން ގޮވާލުމުގެ ހައްޤުވެސް ލިބިގެންވޭ: އަނާރާ

ރައްޔިތުންނަށް ލިބެނީ ވޯޓުލުމުގެ ހައްޤު އެކަންޏެއް ނޫން - ސަރުކާރު ޤާނޫނަށް ބޯލަނބަން ގޮވާލުމުގެ ހައްޤުވެސް ލިބިގެންވޭ: އަނާރާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

ރައްޔިތުންނަށް ލިބެނީ ހަމައެކަނި ވޯޓުލުމުގެ ހައްޤު ނޫން ކަމަށާއި ޤާނޫނު އަސާސީއަށް ބޯލަނބަން ސަރުކާރަށް ގޮވާލުމުގެ ހައްޤުވެސް ލިބިގެންވާކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

އަނާރާ ނަޢީމް މިމޭރުމުން ވިދާޅުވީ ސްޕްރީމް ކޯޓުން ފެބްރުއަރީގައި ކުރި އަމުރު ތަންފީޒުކުރުމަށް ސަރުކާރަށް ގޮވާލަން މިއަދު ހަވީރު މަޖީދީމަގަށް ނުކުތް ގިނަ އަދަދެއްގެ ރައްޔިތުން ހައްޔަރުކުރަމުން ގެންދާތީ އާއި އަނިޔާވެރި ގޮތުގައި ފުލުހުން އަމަލުކުރަމުން ގެންދާތީ ކަންބޮޑުވުން ފައުޅުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ ގިނަ ބައަކު ބުނަމުން ގެންދަނީ ރާއްޖޭގެ ޤާނޫނު އަސާސީއަށް އަމަލުކުރުމަކީ ސަރުކާރުގެ ވާޖިބެއް ކަމަށާއި ސަރުކާރުން އެ ވާޖިބު އަދާނުކުރާނަމަ ވާޖިބު އަދާކުރަން ގޮވާލަމުން ގެންދާނެ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް ހަްއޔަރުކޮށްފައިވާ މީހުންނާއި ބަންދުގައި ތިބި ސިޔާސީ ހައްޔަރީންގެ ޢާއލާތަކުން ވެސް ދަނީ މުޒާހަރާގައި ބައިވެރިވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







2018-03-02 21:06:40

Anaaraa ah salaam kamanaa ah evivadaigannavaane thimaage athaai dhuluge nubaikamun thimaage akhaa salaamay vejjaumah dhaandhen thimaa muslimakah nuvaakan veeiru magu hingaa, dhuvvaa ulhey meehunge haggu gelley gothah thihingaa jareemaa hingumuge haggu libeyne evves gotheh bunedhee bala adhi dhivehi dhusthooruge. aarehakee


އަބްދުއްލަތީފް