އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހެން ތުހުމަތެއްގަ ބަންދުކޮށް މުޅިން އެހެން ކަމެއްގަ ދައުވާކުރުން ޤަބޫލެއް ނުކުރެވޭ: އަނާރާ

އެހެން ތުހުމަތެއްގަ ބަންދުކޮށް މުޅިން އެހެން ކަމެއްގަ ދައުވާކުރުން ޤަބޫލެއް ނުކުރެވޭ: އަނާރާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު

އެހެން ތުހުމަތެއްގައި ބަންދުކޮށް މުޅިން އެހެން ކަމެއްގައި ދައުވާކުރުން ޤަބޫލެއް ނުކުރެވޭ ކަމަށާއި އިންސާފު ލިބި ކަންކަން އިޞްލާޙްވަންދެން މީހުން އެވާހަކަ ދައްކާނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

އަނަރާ ނަޢީމް މިމޭރުމުން ވިދާޅުވެފައިވަނީ ވިލާ ގްރޫޕުގެ އެމްޑީ އިބްރާހީމް ސިޔާދު ބަންދުކުރި މައްސަލަ އާއި ފަހުން ސިޔާދުގެ މައްޗަށް ކުރި ދައުވާ ވަރަށް ބޮޑަށް ތަފާތުވުމުން ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ވަގުތެއްގައެވެ.

މިފަދަ މައްސަލަތަކުގައި ކޯޓުގައި ޕީޖީގެ ވަކީލުން ދައްކާ ވާހަކަތަކަށް ގިނަ ބައަކު ސޯޝަލް މީޑިއާގައިވެސް ފާޑުކިޔަން ފެށުމުން ޕީޖީ އޮފީހުން ވަނީ ވަކީލުން ދައްކާ ވާހަކަތަކަށް ފާޑުނުކިޔުމަށް އަމުރުކޮށްފައެވެ.

އިބްރާހީމް ސިޔާދު ޤާސިމްގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ފުލުހުން ސިޔާދު ހައްޔަރުކުރަމުން ދިން ލިޔުމުގައި ބަންދުކުރާ ސަބަބެއް ކަމަށް ބުނެފައި އޮތީ ބޭރު ޤައުމަކުން ރިޝްވަތު ނަގައިގެން މާލެއިން ފްލެޓެއް ގަންނަން އުޅުން ކަމަށާއި ނަމަވެސް ސިޔާދުގެ މައްޗަށް ދައުވާ ކުރީ 1 ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރު ނެރެން ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތުކޮށް ކަމަށް ސިޔާދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ސިޔާދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް ވިދާޅުވީ ހަސަން ސަޢީދުގެ ކޮޓަރީގައި އޮތް "ކަޅު ދަބަހަކުން" ފެނުނު ކަމަށް ފުލުހުން ބުނާ ލިޔުން ތަޙްޤީޤްގައި އިބްރާހީމް ސިޔާދަށް ދައްކައި އެ ލިޔުން ބައްލަވައިލެއްވުމުގެ ފުރުޞަތު ސިޔާދަށް އެރުވި ކަމަށެވެ. އަދި ފިންގަރ ޕްރިންޓް ސާމްޕަލް ނެގީ އެއިގެ 1 ހަފްތާ ފަހުން ކަމަށާއި އެހެންކަމުން އެ ލިޔުމުގައި ސިޔާދުގެ ފިންގަރ ޕްރިންޓު ހުރުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.

ު ޕީޖީ އިން ބުނެފައިވަނީ "އެ ސިޓީ" އިން އިބްރާހީމް ސިޔާދު ޤާސިމްގެ އިނގިލީގެ ނިޝާން ފެނިފައިވާ ކަމަށެވެ. އެހެން މީހެއްގެ އިނގިލީގެ ނިޝާން ފެނިފައިވާ ކަމަކަށް ނުބުނެއެވެ. އެހެންކަމަށްވާއިރު އެބުނަނީ ޙަސަން ސަޢީދުގެ ކޮޓަރިން "ފެނުނު" "އެ ސީޓީ" އެތަނަށް ވެއްދީވެސް ސިޔާދު ކަMަށާއި އެއިގައި އެހެން މީހަކު އަތްލާފައިވެސް ނުވާކަމަށް ކަމަށް ބެލެވެއެވެ.

އަތްލި ނަމަ އެމީހެއްގެ އިނގިލީގެ ނިޝާން ފެންނާނެއެވެ. އެންމެ ކުޑަމިނުން އިތުރު ފިންގަރޕްރިންޓެއް ފެނުނުކަން ބުނަންޖެހޭނެއެވެ. އެހެންކަމަށްވާއިރު ހަސަން ސައީދުގެ އިނގިލީގެ ނިޝާން ފުލުހުންގެ އަތުގައި އޮތްއިރު އެސިޓީން ޙަސަން ސަޢީދުގެ އިނގިލީގެ ނިޝާން ފެނިފައި ނުވަނީ ހަސަން ސަޢީދު އެ ސިޓީގައި އަތް ނުލާތީ ކަން މިވަނީ ސާބިތުވެފައެވެ. ހަސަން ސައީދު އަތްނުލާ ނުވަތަ ސިޔާދުގެ އިތުރުން އެހެން މީހެއްގެ ނަމަވެސް ސިޔާދު ނޫން މީހެއްގެ ފިންގަރ ޕްރިންޓް ނެތް ސިޓީއެއް ހަސަން ސައީދުގެ ކޮޓަރީގައި އޮތުމަކީ ވަރަށް ގިނަ ސުވާލުތައް އުފެދޭ ކަމެކެވެ.

ޕީޖީގެ ބަޔާނަށް ބަލާއިރު އެ ސިޓީން ފެނިފައިވަނީ ހަމައެކަނި ސިޔާދުގެ ފިންގަރޕްރިންޓެވެ. ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުޙައްމަދު ނާޒިމްގެ ކޮޓަރިކޮޅުން ފެނުނުކަމަސް ބުނާ ފިސްތޯލައިންވެސް ފެނިފައިވަނީ އެހެން މީހެއްގެ ޑީއެންއޭ ކަމަށްވާއިރު އަދިވެސް ނާޒިމް ހުންނެވީ ބަންދުގައެވެ.

ވަކީލް ނޫރުއްސަލާމް ވިދާޅުވީ ފުލުހުންނަށް ފެނިފައިވާކަމަށް ބުނާ ލިޔުމާއި ގުޅުންހުރި އެއްވެސް ލިޔުމެއް ނުވަތަ އެއްވެސް ޑޮކިޔުމަންޓެއް ފެނޭތޯ ފުލުހުން ވަނީ ވިލާގެ އޮފީސްތައް ވަރަށް ރަނގަޅަށް ހޯދާފައި ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ލިޔުމެއް ފެނިފައި ނުވާ ކަމަށެވެ.
ނޫރުއްސަލާމް ވިދާޅުވީ ފުލުހުން އެބުނާ ލިޔުމަކީ އެއްވެސް ހަޤީޤަތެއް އޮތް ލިޔުމެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި އެކަމާއި ގުޅިގެން އުފެދޭ ވަރަށް ގިނަ އަދި ވަރަށް ބޮޑެތި ސުވާލުތައް އެބަހުރި ކަމަށެވެ. އަދި ފުލުހުން ތުހުމަތުކުރާ ފަދަ އެއްވެސް ކަމެއް ސިޔާދު ކުރައްވާފައި ނުވާކަމުގެ ފުރިހަމަ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށްވެސް ނޫރުއްސަލާމް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް