އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެންބަރުންނާ ރައްޔިތުން ހައްޔަރުކުރުމަކީ ޙައްލެއް ނޫން: އަނާރާ

މެންބަރުންނާ ރައްޔިތުން ހައްޔަރުކުރުމަކީ ޙައްލެއް ނޫން: އަނާރާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުން ހައްޔަރުކުރުމަކީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ޙައްލެއް ނޫން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

އަނަރާ ނަޢީމް މިމޭރުމުން ވިދާޅުވީ މިރޭގެ އެއްވުމުގެތެރެއިން ރައްޔިތުންގެ މަޖިލީހުގެ 3 މެންބަރަކާއި ގޮނޑި ގެއްލުވާލާފައިވާ މެންބަރަކު އަދި ބައެއް ރައްޔިތުން ހައްޔަރުކުރުމާއި ގުޅިގެންނެވެ.

މިރޭ ހައްޔަރުކޮށްފައިވާ މެންބަރުންނަކީ ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ އާއި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން އާއި މަޑުއްވަރި ދާއިރާގެ (ގޮނޑި ގެއްލުވާލައިފައިވާ) މެންބަރު މުޙައްމަދު އަމީތުއެވެ.

މިރޭ 11:00 ޖަހުމާއި ހަމައަށް ބަލައިފިނަމަ 5 މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެގެން ހޮސްޕިޓަލުން ފަރުވާ ދީފައެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް