އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަގުމައްޗަށް ނުކުންނަން ރައްޔިތުންނަށް މަޖުބޫރުވީ މަޖިލީހާ ޖޫޑިޝަރީ ސަރުކާރުން ހިސޯރުކުރުމުން: އަނާރާ

މަގުމައްޗަށް ނުކުންނަން ރައްޔިތުންނަށް މަޖުބޫރުވީ މަޖިލީހާ ޖޫޑިޝަރީ ސަރުކާރުން ހިސޯރުކުރުމުން: އަނާރާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

މަގުމައްޗަށް ނުކުންނަން ރައްޔިތުންނަށް މަޖުބޫރުވީ ރައްޔިތުންގެ މަޖިލީހާއި ޖޫޑިޝަރީ ސަރުކާރުން ހިސޯރުކުރުމުން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

އަނާރާ މިމޭރުމުން ވިދާޅުވެފައިވަނީ ސްޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުއްވި އަމުރު ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލަން ނުކުންނަ ރައްޔިތުން މަޖީދީ މަގަށް ނުކުންނަން ފަށާފައި ވަނިކޮށެވެ.

ޕީޕީއެމުންނާއި ސަރުކާރަށް ތާއީދުކުރާ މީހުން ގެންދަނީ އިދިކޮޅު ފަރާތްތަކުން މަޖީދީމަގަށް ނުކުންނާތީ އެކަން ކުށްވެރިކުރަމުންނެވެ. އެއީ މީހުންނަށް އުނދަގޫކުރަން ކުރާ ކަމެއް ކަމަށްވެސް ބުނަމުންނެވެ. ޕީޕީއެމުން މިއަދުވެސް ބުނީ ކުރިއަށް އެންގުމަކާއި ނުލައި އެއްވެވޭނީ އަލިމަސް ކާނިވަލަށް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ ކުރިން ހުއްދަ ނުނަގައި އެއްވެވޭތަނަކަށް އެއްވަން ނުވަތަ އަލިމަސް ކާނިވަލުގައި ބާއްވަން މިހާރުވެސް އެތައް ބައިވަރު ސިޓީއެއް އެކި ފަހަރުމަތިން ފޮނުވާފައިވާ ކަމަށާއި ނަމަވެސް ހުއްދަ ދީފައި ނުވާ ކަމަށެވެ. އެމްޑީޕީ ހަރުގެ ކުރިމައްޗަށް އެއްވި ނަމަވެސް ފުރުޞަތު ނުދޭ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް