އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް އޮނިގަނޑަކަށް ނުފެތި ކުރަމުންގެންދާ ކަންކަން އިސްލާހު ކުރުމަށް މިއީ ރަނގަޅު ވަގުތެއް- ކުރީގެ އުއްތަމަ ފަނޑިޔާރު

އެއްވެސް އޮނިގަނޑަކަށް ނުފެތި ކުރަމުންގެންދާ ކަންކަން އިސްލާހު ކުރުމަށް މިއީ ރަނގަޅު ވަގުތެއް- ކުރީގެ އުއްތަމަ ފަނޑިޔާރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ޝަރުއީ ދާއިރާގެ ތެރެއިން އެއްވެސް އޮނިގަނޑަކަށް ނުފެތި ކުރަމުން އަންނަ ކަންކަން އިސްލާހު ކުރުމަށް މިއީ ރަނގަޅު ވަގުތެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ޙުސެއިން ވިދާޅުވެއްޖެއެވެ.

ބާރ ކައުންސިލެއް އުފައްދާ ވަކީލުންގެ ކަންކަން އެކައުންސިލްގެ ދަށަށް ގެންދަވާނެ ކަމަށް ބަންޑާރަ ނައިބު މުޙައްމަދު އަނިލް ރޭ ވިދާޅުވުމުން އެކަމަށް އިޝާރާތް ކުރައްވާ، ފޭސްބުކް މެދުވެރިކޮށް ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް ވިދާޅުވީ ބަންޑާރަ ނައިބުގެ މަގާމަށް އަނިލް އައްޔަނުކުރި ފަހުން ބައްދަލުވި ފުރަތަަމަ ފަހަރުވެސް ބާރ ކައުންސިލެއް އުފެއްދުމަށް އެމަނިކުފާނަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

"ކޯޓު ހިންގުން ބޭފުޅަކާ ހަވާލުކުރުމަށްފަހު ރަސްމީ ދަތުރެއްގައި ވަޑައިގެން އުޅުއްވުމަށްފަހު ވަޑައިގެންނެވިއިރު، ވަކީލުން ރެގިއުލޭޓް ކުރުން ސުޕްރީމް ކޯޓުގެ ދަށަށް ގެނައުމަށް އޭޖީ އޮފީހުގެ ކުރީގެ ބައެއް އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާނެ" ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ފާއިޒް ވިދާޅުވެފައިވަނީ ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް ކައުންސިލެއް އުފެއްދުމަށް ބަންޑާރަ ނައިބަށް ހުށަހެޅުއްވީ ވެސް އެމަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ނެތް ދުވަހަކުން ވަކީލުންގެ އާންމު އިދާރީ ކަންކަން ޖުޑީޝަރީގެ ދަށަށް ގެންނާނެކަން އެނގިވަޑައިގަންވާތީ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ