އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހު ފަހު 10 ގަ 1000 ރުފިޔާ ބަހައިގެން 003 މިލިއަން ރުފިޔާ ޞަދަޤާތްކުރުމުގެ ސަވާބު ހޯދި ދާނެ!

ރަމަޟާން މަހު ފަހު 10 ގަ 1000 ރުފިޔާ ބަހައިގެން 003 މިލިއަން ރުފިޔާ ޞަދަޤާތްކުރުމުގެ ސަވާބު ހޯދި ދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ރަމަޟާން މަހުގެ ފަހު 10ގެ ރޭތަކުގައި 1000 ރުފިޔާ ބަހައިގެން 3 މިލިއަން ރުފިޔާ ޞަދަޤާތް ކުރުމުގެ ސަވާބު ހޯދިދާނެއެވެ. އެކަމަށް އެދެމީހާ ބަހާނީ ކޮންމެ ރެއަކު 100 ރުފިޔާއެވެ. 

ރަމަޟާން މަހުގެ ފަހު ދިހައިގެ ކޮންމެ ރެއަކު 100 ރުފިޔާ ބަހައިފިނަމަ މާތްވެގެންވާ ލައިލަތުލްޤަދްރި ވިލޭރޭ އޮންނާނީ 100 ޞަދަޤާތް ކުރެވިފައެވެ. ލައިލަތުލްޤަދްރް ވިލޭރޭ 100 ޞަދަޤާތް ކުރެވުމުން މިވާ ގޮތަކީ 1000 މައްސަރުގެ ކޮންމެ ރެއަކު 100 ރުފިޔާ ޞަދަޤާތްކުރުމުގެ ސަވާބު އެމީހަކަށް ލިބިގެންދާނެއެވެ. މަހަކީ 30 ދުވަސްކަމަށް ބަލައިފިނަމަ 1000 މައްސަރުގައި 30000 ރޭ އޮންނާނެއެވެ. 30000 ރޭ، ކޮންމެ ރެއަކު 100 ރުފިޔާ ބަހައިފިނަމަ އެބެހެނީ 3 މިލިއަން ރުފިޔާއެވެ. 

(މިހާމަކުރީ މިސާލެކެވެ. އިސްލާމީ ކަލަންޑަރުގައި އަންނާނީ 30 ދުވަހާއި 29 ދުވަސް ހިމެނޭ ގޮތަށެވެ. އެހެންކަމުން 1000 މަހުގެ ތެރެއިން 500 މަސް ވާނީ 29 ދުވަސް ހިމެނޭ މަސްތަކަށެވެ. ވީމާ މިހިސާބުން 500 ދުވަސް އުނިކުރެވިދާނެއެވެ.) 

ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ އެމީހަކު ބޭނުންނަމަ 1000 ރުފިޔާ ޖަމާކޮށް މި މަތިވެރި ޞަދަޤާތް ކުރުމަށްޓަކައި ޖަމާ ކުރެވޭނެ މީހުންނެވެ. 

ހަމައެކަނި ޞަދަޤާތް ކުރުމެއްވެސް ނޫނެވެ. ރަމަޟާން މަހުގެ ފަހު 10 ގައި ރޭއަޅުކަންކުރުމާއި ކީރިތި ޤްރްއާން ކިޔެވުމާއި އެހެނިހެން ހެޔޮ އަމަލުތައް ކޮށްގެންވެސް ހަމަ މިނިޢްމަތް ހޯދުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް އެބައޮތެވެ. ވީމާ މަސައްކަތްކުރަންވީ އެ ފުރުޞަތުގެ ބޭނުން ހިފުމަށެވެ. އެކަކު އަނެކަކަށް ވާދަކުރަންވީ އަޅުކަންކުރުމުގައި ކުރިއަރައި ދިއުމަށެވެ. ޞަޙާބީން ވާދަ ކުރެއްވީ އަޅުކަން ކުރެއްވުމުގައި އެއް ބޭކަލަކު އަނެއް ބޭކަލަކަށްވުރެ ކުރިއަރައި ދިއުމަށެވެ. 

މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް ޖައްފަރު ފާއިޒު ދެއްވި ދަރުސުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް