އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ބޮޑު ކޮރަޕްޝަނަކީ އީމާންކަމުގެ ކޮރަޕްޝަނާ ކުފުރުގެ ކޮރަޕްޝަން - ކަންބޮޑުވާ މީހެއް، މުއައްސަސާއެއް ނެތް!: ޝައިޚް ޖައްފަރު ފާއިޒް

އެންމެ ބޮޑު ކޮރަޕްޝަނަކީ އީމާންކަމުގެ ކޮރަޕްޝަނާ ކުފުރުގެ ކޮރަޕްޝަން - ކަންބޮޑުވާ މީހެއް، މުއައްސަސާއެއް ނެތް!: ޝައިޚް ޖައްފަރު ފާއިޒް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

އެންމެންވެސް ކަންބޮޑުވެގެން އުޅެނީ ފައިސާގެ ކޮރަޕްޝަނުގެ މައްސަލަތަކުގައެވެ. އެއީ ނުބައި އަމަލެކެވެ. ނަމަވެސް ކޮރަޕްޝަނަށްބަލާއިރު އެއީ ވަރަށް ކުޑަކުޑަ ކޮރަޕްޝަނެކެވެ. ރިޝަވަތު ހިފި ނަމަވެސް ކޮރަޕްޝަން ފައިސާ ބޭނުންކޮށް އުޅުނު ނަމަވެސް އެމީހަކު ތައުބާވެ ފާފަ ފުއްސެވުމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމުން އެމީހަކީ ޝިރުކަށް އަރައިގެންފައި ނުވާ މީހެއްނަމަ އެކަލާނގެ ރުއްސަވާ އަޅެއްގެ ފާފަ ފުއްސަވައި ސުވަރުގެ ވައްދަވައި ދެއްވެވުމަކީ އޮތް ކަމެކެވެ. 

އީމާންކަމުގެ ކޮރަޕްޝަނަށްވުރެ ބޮޑު ކޮރަޕްޝަނެއް، އަނިޔާވެރިކަމެއް ދުނިޔޭގައި ނެތެވެ. ނަމަވެސް ކުފުރުގެ ކޮރަޕްޝަނާއި ޝިރުކުގެ ކޮރަޕްޝަނަށްވުރެ ބޮޑު ކޮރަޕްޝަނެއް ދުނިޔޭގައި ނެތްކަން އެނގެނީ ކާކަށް ހެއްޔެވެ؟ އެއީ ނުފުއްސަވާނެ ކަމެއް ކަމާއި އެއިގެ ތެރެއަށް ވަދެއްޖެ މީހާ ސަލާމަތް ވުމެއް ނެތްކަން އެނގެނީ ކާކަށް ހެއްޔެވެ؟ ކާކުތޯ މިކަންކަމަށް ވިސްނަނީ؟ އެވާހަކަ ދައްކާ އަޑެއް ނުއިވެއެވެ. ޖަވާބުދާރީ ކުރުވާ ތަނެއްވެސް ނުފެނެއެވެ. 

އަޞްލުގައި ޖަވާބުދާރީ ކުރުވަން ޖެހެނީ އީމާންކަމުގެ ކޮރަޕްޝަނުގައެވެ. އެއީ ސަލާމަތް ނުވާނެ ކޮރަޕްޝަނެކެވެ. ބާކީ ހުރި ކޮންމެ ކޮރަޕްޝަނަކީ ﷲ ތަޢާލާގެ އޯތާތެރިވަންތަކަމުން ޢަފޫކޮށް ދެއްވަވައިފާނެ ކޮރަޕްޝަނެވެ. އެހެންކަމާއިއެކުވެސް ގިނަ ބައެއްގެ ހިތުގެ ތެރެއަށް މި ކޮރަޕްޝަން ވަނީ ވަދެފައެވެ. އެކަމުގެ ހެއްކަކީ ފަރުޟު 5 ނަމާދާއި ތަހައްޖުދު ނަމާދު ކުރި ނަމަވެސް ލޯބިވާންޖެހޭ މީހުންނާއި ރުޅިއަންނަންޖެހޭ މީހުން ވަކިކުރަން ނުއެނގޭ ކަމެވެ. އެކުވެރިވާންޖެހޭ މީހުންނާއި ރުޅިވެރިވާނަ ޖެހޭ މީހުންވެސް ނުއެނގޭ ކަމެވެ. އެއީ ހިތަށް އީމާންކަމުގެ ކޮރަޕްޝަން ވަދެފައި އޮތުމުންނެވެ. 

މިކަން ބަޔާން ކުރައްވަވައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ "ޝިރުކުރުކުރާ ޙާލުގައި މެނުވީ

ގިނަ މީހުން އީމާންވާކަމުގައި ނުވާ" ކަމަށެވެ. އެފަދަ މީހުން ތިބެނީ އީމާންވެގެންނެވެ. ނަމަވެސް އީމާންވެގެން ތިބެނީ ޝިރުކުރާ ހާލުގައެވެ. ޝިރުކާއި އީމާންކަމާއި މަސްހުނިކޮށްގެން ތިބޭނަމަ އީމާންކަމުން ކުރާނެ ފައިދާއެއް ނެތެވެ. 

މިކަމުގެ ހެކި ދައްކަވަމުން ކަންކަން ޙާޞިލުކުރަން ބޭނުންވުމުން ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތްތަކުން ވާގިއެދުމާއި އެހެން ފަރާތްތަކަށް އަޅުވެތިވުމާއި ﷲ ތަޢާލާއަށްވުރެ ބޮޑަށް އެހެން ފަރާތްތައް ދެކެ ބިރުގަތުން އިތުރުވެފައިވާ ކަން ވެސް ޝައިޚް ވަނީ ފާހަގަކުރައްވަވައިފައެވެ. "ދެއްވަވަނީ ﷲ ކަން، ގެންދަވަނީ ﷲ ކަން، ބާރުތައް ލިބިވޮޑިގެންވަނީ ﷲ އަށްކަން ކާކުތޯ ޤަބޫލުކުރަނީ؟" ޝައިޚް ވަނީ ސުވާލުކުރައްވަވައިފައެވެ. 

މިފަދަ ކަންކަން ކުރުން ދޫކޮށް އީމާންކަން ވަރުގަދަ ކުރުމުގައި އެކަކު އަނެކަކާއި ވާދަކުރާ ބައަކަށް ވުމަށްވެސް ޝއަޚް ވަނީ އިލްތިމާސް ކުރައްވައިފައެވެ. 

ޝައިޚް ޖައްފަރު ފާއިޒުގެ ވާހަކަފުޅު (ވީޑިއޯ):

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް