އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޙްރަމަކާ ނުލާ ދަތުރުކުރުން އީމާންވެގެން ހުރި އަންހެނަކަށް ހުއްދަނޫން އިރު ދައުލަތުގެ މީޑިއާއިން އިޝްތިހާރުކުރަނީ ކީއްވެ؟

މަޙްރަމަކާ ނުލާ ދަތުރުކުރުން އީމާންވެގެން ހުރި އަންހެނަކަށް ހުއްދަނޫން އިރު ދައުލަތުގެ މީޑިއާއިން އިޝްތިހާރުކުރަނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 28 ސިކުންތު

ޝައިޚް ޖައުފަރު ފާއިޒް ވިދާޅުވަނީ ދުނިޔޭގެ ހުރިހާ އަންހެނުން ފަތުރުވެރިންގެ ގޮތުގައި އެކަނި ދަތުރުކުރި ނަމަވެސް އެއީ ﷲ ތަޢާލާއަށް އީމާންވެގެން ހުރި އަންހެނަކަށް ހުއްދަ ކަމެއް ނޫން ކަމަށެވެ. ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުގައި ވަނީ ﷲ ތަޢާލާ އާއި ޢާޚިރަތް ދުވަހަށް އީމާންވެގެން ހުރި އަންހެނަކު މަޙްރަމަކާއި ނުލައި އެއްވެސް ދަތުރެއް ނުކުރާނެ ކަމަށް ކަމަށެވެ. 

ޝައިޚް ޖަޢްފަރު ފާއިޒް ވިދާޅުވީ މިބާވަތުގެ ކުށްތައް މިކުރެވެނީ އީމާންކަން ކޮރަޕްޓްވުމުން ކަމަށެވެ. އެކަން އެނގެނީ މަޙްރަމަކާއި ނުލައި ދަތުރުތައްކުރާ އަންހެނުން ޢުމްރާވެ. ނަމާދުތައް ކޮށް އަދި ދަމު ނަމާދުވެސް ކޮށް އުޅޭތީ ކަމަށެވެ. އެކަންކަމުން އެމީހާގެ އީމާންކަން ފުރިހަމަ ނުވާކަން އެނގޭ ކަމަށެވެ. ޢުމުރާ ފަދަ މަތިވެރި އަޅުކަމެއްގައި ނަމަވެސް، ބޭސްފަރުވާއަށް ދިއަ ނަމަވެސް އަދި ކިޔަވަން ދިއަ ނަމަވެސް މަޙްރަމަކާއި ނުލައި ނުކުރެވޭނެ ދިގުމިނުގެ ދަތުރުތައް އަންހެނަކު އެކަނި ކުރުން ހުއްދަ ނުވާނެ ކަމަށް ވެސް ޝައިޚް ޖައްފަރު ފާއިޒު ވިދާޅުވިއެވެ. އަދި މަޙްރަމަކު ގޮވައިގެން ކުރަންޖެހޭ ދަތުރެއް އަންހެނަކު އެކަނި ކުރެވިއްޖަނަމަ އެއީ ތައުބާވާން ޖެހޭނެ ފާފައެއް ކަމަށްވެސް ޝައިޚް ޖައްފަރު ފާއިޒް ވިދާޅުވިއެވެ. 

އެހެންކަމަށްވާއިރު ހުކުރު ދުވަހުގެ ޕްރައިމް ޓައިމްގައި ނުވަތަ އެނޫންވެސް ގަޑިއެއްގައި ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު އެންމެ ބާރަށް ކުރިއަރަނީ އަންހެނުން އެކަނި ކުރާ ދަތުރުތައް ކަމަށް ބުނެ ދާންވީ ސިޓީތައް ވެސް ކިޔައިދީ ދައުލަތުގެ މީޑިއާއިން އިޝްތިހާރު ކުރުމުން މިވަނީ ވަރަށް ގިނަ ސުވާލުތަކެއް އުފެދިފައެވެ. 

ﷲ ތަޢާލާ އަށާއި އާޚިރަތް ދުވަހަށް އީމާންވެގެން ހުރި މީހަކު ނަމަ، ދުނިޔޭގެ ހުރިހާ އަންހެނުން އެކަނި ދަތުރުތައް ކުރި ނަމަވެސް އެމީހަކު ނުކުރާނެއެވެ.

ބައެއް ޢިލްމުވެރިން ވަރަށް ޚާއްޞަ ޙާލަތްތަކާއި ގުޅުވައިގެން، އެނޫން އެއްވެސް ގޮތެއް ނެތިއްޖެ ނަމަ އަންހެނުން އެކަނި ދަތުރުކުރުން ހުއްދަ ކުރައްވައެވެ. އެއީ ޚާއްޞަ ޝަރުޠުތަކަކާއިވެސް އެކުގައެވެ. ނަމަވެސް ފަތުރުވެރިކަން ފަދަ ދުނިޔަވީ އުފާ ޙާޞިލުކުރަން ކުރާ ދަތުރެއް މަޙްރަމަކާއި ނުލައި އަނހެނަކު ކުރަން، ދުނިޔެ ބަލައިގެންފައިވާ އެއްވެސް ދީނީ ޢިލްމުވެރިއަކު ހުއްދަ ދެއްވެވިކަން އެނގިފައެއް ނުވެއެވެ. 

ސައުދިއަރަބިޔާގައި އިސްލާމް ދީނުގެ ކަންކަމަށް ގެންނަމުންދާ "ޒަމާނީ" ބަދަލުތަކާއިއެކު އަންހެނުން މަހްރަމަކާއި ނުލައި ދަތުރުކުރުމަށް ކުރިން އަމަލު ކުރަމުން އައި ބައެއް އުޞޫލުތަކަށް ބަދަލު ގެނައުމުން ޒަމާނީ ބަދަލުތަކަށް ފައުޅުގައި ދެކޮޅު ހެއްދެވި އެތައް ހާސް ޢިލްމުވެރިންނާއިމެދު މިހާރު ވަނީ ތަފާތު ފިޔަވަޅުތައް އަޅައިފައެވެ. ކިތަންމެ ގިނަ ފިޔަވަޅުތަކެއް އަޅައި ކިތަންމެ ގިނަ ޢިލްމުވެރިންނަށް އަދަބު ދިން ނަމަވެސް އިސްލާމް ދީނުގެ އެއްވެސް ޙުކުމަކަށް އެއްވެސް ބަދަލެއް ގެނައުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ.

ޝައިޚް ޖައްފަރު ފާއިޒުގެ ބަސްފުޅު (ވީޑިއޯ):

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް