އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިލެކްޝަންސް ކޮމިޝަނުން އެމްޑީއޭ އާ މަޝްވަރާކޮށްފި

އިލެކްޝަންސް ކޮމިޝަނުން އެމްޑީއޭ އާ މަޝްވަރާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

އިލެކްޝަންސް ކޮމިޝަނުން މިސަރުކާރުގެ ހަމައެކަނި ބައިވެރިޔާ އެމްޑީއޭ އާއި މަޝްވަރާކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިއީ އެ ކޮމިޝަނުން ސިޔާސީ ޕާޓީތަކާއިއެކު ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.



އިދިކޮޅު ޕާޓީތަކާއިއެކު މަޝްވަރާ ކުރުމަށް ދައުވަތު ދިނުމަށްފަހު ކުއްލިއަކަށް އިދިކޮޅު ޕާޓީތަކާއިއެކު ވަކިވަކިން ބައްދަލުވުން ބާއްވަން ނިންމުމުން އިދިކޮޅު ޕާޓީތަކުން ވަނީ އިލެކްޝަންސް ކޮމިޝަނާއި ވަކިވަކިން ބައްދަލު ނުކުރާނެ ކަމަށް ބުނެފައެވެ.



އެންމެ ބޮޑު ސަބަބެއް ކަމަށް ބުނެފައިވަނީ ބައްދަލުކުރަނީ ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމަށްފަހު ޕާޓީތަކުގެ އަމިއްލަ މައުލޫމާތު ހޯދަން ކޮމިޝަނުން ބެނުން ވުމުންނެވެ. އެގޮތުން ޕާޓީތަކުގެ ގޮފިތަކާއި ގޮފިތަކުގެ ވެރިންގެ މައުލޫމާތު ހޯދަން އުޅުމުންނެވެ.

އިދިކޮޅު ޕާޓީތަކުން ބުނަނީ އެ މައުލޫމާތު ހޯދަން އުޅެނީ ޕީޕީއެމަށް އެ މައުލޫމާތުދީގެން ގޮފިތަކުގެ ވެރިން ޕީޕީއެމަށް ސިއްރުން ވެއްދުމަށް ކަމަށެވެ. އިދިކޮޅު ޕާޓީތަކަށް ފޯމު ފުރާ މެންބަރުން އެމްޑީއޭ އާއި ޕީޕީއެމްގެ ދަފްތަރުގައި މިހާރުވެސް ހިމަނާފައިވާކަމަށް އިދިކޮޅު ޕާޓީތަކުން ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް