އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑީއޭއިން ޕީޕީއެމްގެ ކޯލިޝަނާ މެދު ގޮތެއް ނިންމަނީ

އެމްޑީއޭއިން ޕީޕީއެމްގެ ކޯލިޝަނާ މެދު ގޮތެއް ނިންމަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި އެކު ހަދާފައިވާ ކޯލިޝަނާ މެދު ގޮތެއް ކަނޑައަޅަން އެމްޑީއޭ އިން ނިންމައިފި އެވެ.

މައަުލޫމާތު ލިބިފައިވާގޮތުަގައި މާދަމާރޭ ބާއްވާ އެމްޑީއޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ އެޖެންޑާގައި ހިމަނާފައިވަނީ އެޕާޓީގެ ކުރިމަގާ ގުޅޭ ކަންތައްތައް ނިންމުމުގެ ވާހަކަ އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް) ހިންގަވާ އެމްޑީއޭގެ ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވީ މާދަމާ ރޭގެ ބައްދަލުވުމުގައި އެޕާޓީ އާއި ޕީޕީއެމާ ދެމެދު ހަދާފައިވާ ކޯލިޝަނާ އެކު ކުރިއަށް ދާނީތޯ ނުވަތަ އެހެން ޕާޓީއަކަށް ތާއީދު ކުރާނީތޯ ނިންމާނެ ކަމަށެވެ.

އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް، އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވަން އުޅޭ ކަމުގެ އަޑުތައް ފެތުރެމުންދަނިކޮށް، އެމްޑީއޭ އަދިވެސް އޮތީ ސަރުކާރާ އެކު ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ސަރުކާރުގެ ކޯލިޝަނުން އެމްޑީއޭ ވަކިވާން އުޅޭ ކަމަށް ތުހުމަތު ކުރަން ފެށީ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން މާލެ އާއި އަތޮޅުތަކުގައި މިހާރު ފަށާފައިވާ ކެމްޕޭނުގައި ސިޔާމް ނުފެންނާތީ އެވެ.

އެމްޑީއޭގެ ކައުންސިލް މެމްބަރު އަދި ބިލެއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު މުބީންގެ އަނބިކަނބަލުން އައިޝަތު މަމްދޫހާ ވަނީ އިބޫ އަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވާ އިބޫއަށް ކެމްޕެއިން ކުރައްވަން ވެސް ފައްޓަވާފަ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު