އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިއުބީ މެދުވެރިކޮށް ފްލެޓު ފޯމު ހުށަހަޅަން ނަންބަރު ދޫކުރަން ހަމަޖައްސައިފި

ކިއުބީ މެދުވެރިކޮށް ފްލެޓު ފޯމު ހުށަހަޅަން ނަންބަރު ދޫކުރަން ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ސަރުކާރުން ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކުރާ 7000 ފްލެޓުތަކަށް އެދި ހުށަހެޅި ފޯމުތައް މާދަމާ ބަލައިގަންނަން ފަށާއިރު، ފޯމު ހުށަހެޅުމަށް ނަންބަރު ނަގަން ޖެހޭނީ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް ހައުސިންގ މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އެމިނިސްޓްރީން ބުނެފައިވަނީ ދަރުބާރުގެއިން ވެސް މާދަމާ ހެނދުނު 10:00 އިން ފެށިގެން ނަންބަރު ދޫކުރާނީ ކިއުބީ މެދުވެރިކޮށް ކަމަށާއި އެހެންކަމުން ސްމާޓްފޯނު ބޭނުންކުރާ ފަރާތްތަކަށް ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ދަރުބާރުގެއަށް ނުގޮސް ނަންބަރު ނެގޭނެ ކަމަށެވެ.

މާދަމާއިން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން 1:30 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށް ފްލެޓު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން މާލެއިން ފޯމު ބަލައިގަތުން ދަރުބާރުގެއިން ހަމަޖެހިފައިވާއިރު، ރާއްޖެއިން ބޭރުގައި އުޅޭފަރާތްތަކުގެ ފޯމު ބޭރުގެ މިޝަންތަކުން ބަލައިގަންނާނެ ކަމަށް ވެސް އެމިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ