އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފްލެޓަށް އެދުނު މީހުނަށް ޕޮއިންޓު ދީފައި ހުރިގޮތުން އެތަށް ޝަކުވާއެއް!

ފްލެޓަށް އެދުނު މީހުނަށް ޕޮއިންޓު ދީފައި ހުރިގޮތުން އެތަށް ޝަކުވާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

''ޔޫތު ސިޓީ ހިޔާ'' މަޝްރޫއުގެ ދަށުން ފްލެޓަށް ހޮވުނު މީހުންގެ ލިސްޓުތައް އާއްމުކޮށްފައިވާ އިރު ޕޮއިންޓް ދީފައިވާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން އެތަށް ޝަކުވާއެއް ހުށައަޅަން ފަށައިފިއެވެ.

އެގޮތުން ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި މީގެ ކުރިން ފްލެޓަށް ކުރިމަތިލުމުން ލިބުނު ވަރަށްވުރެ މިފަހަރު ލިބުނު ވަރު މަދު ކަމަށެވެ. ގިނަ ބަޔަކު ފޭސްބުކު އަދި ޓުވިޓާގައި ހައުސިންގްއަށް ފާޑުކިޔަމުން ބުނަނީ ޕޮއިންޓު ލިބެންޖެހޭ ވަރަށް ވުރެ ލިބުނު ވަރު މަދުކަމަށެވެ. އަދި މިނިސްޓްރީއަށް އެފަރާތްތަކުން ދަނީ މި ޝަކުވާތަށް ހުށައަލަމުންނެވެ.

މިއަދުނޫހަށް މައުލޫމާތު ލިބުނު ގޮތުގައި 60 ޕޮއިންޓަށް ވުރެ ދަށުން މާކްސް ލިބުނު ބައެއް މީހުންނަށް ވެސް ފްލެޓު ލިބުނު ކަމަށް މެސެޖު ފޮނުވާފައި އެބަހުއްޓެވެ. ހަމަ އެގޮތަށް މަތިން ޕޮއިންޓު ލިބުނު ބައެއް މީހުނަށްވެސް ފުލެޓު ނުދީ އެބަހުއްޓެވެ.

މިކަމާ ގުޅޭގޮތުން ސުވާލު ކުރުމަށް ހައުސިންގް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބެއް ނުދެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް