އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފްލެޓަށް އެދެން ދަފްތަރުގައި ތިބި މީހުން އާ ފޯމެއް ހުށަހަޅަން ޖެހިއްޖެ

ފްލެޓަށް އެދެން ދަފްތަރުގައި ތިބި މީހުން އާ ފޯމެއް ހުށަހަޅަން ޖެހިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ސަރުކާރުގެ "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދޭ ފަރާތްތަކުގެ ތެރެއިން މާލޭ ދަފްތަރުގައި ރެޖިސްޓްރީ ވެފައިވާ މީހުން އަލުން ފޯމު ހުށަހަޅަން ޖެހިއްޖެއެވެ.

ދަފްތަރުގައި ރެޖިސްޓްރީ ވެފައިވާ މީހުންނަށް މިމަޝްރޫޢުގެ ދަށުން ދެ ކެޓްގަރީއެއް ކަނޑައަޅާފައިވެއެވެ. އެއީ ދެ ކޮޓަރީގެ ފްލުޓާއި އެއް ކޮޓަރީގެ ފްލެޓު ހިމެނޭ ކެޓަގަރީއެވެ.

މިފަދަ ބަދަލެއް ގެންނަން މިޖެހުނީ ދަފްތަރުގައި ރެޖިސްޓްރީވުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން އަލުން ހުޅުވާލުމުން ފްލެޓު ދިނުމުގައި ޕޮއިންޓުދޭ ބައެއް އުސޫލުތަކަށް ބަދަލު ގެނައުމުން ކަމަށް މިނިސްޓްރީ އޮސް ހައުސިން އިން މައުލޫމާތު ދީފައިވެއެވެ.

މިއަދު ހައުސިން މިނިސްޓްރީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީގެ ނައިބު އިބްރާހިމް ނާޒިމް ވިދާޅުވީ ދަފްތަރު ކެޓަގަރީ ގެ ދަށުން ކުރިން ފްލެޓަށް ފޯމުލާފައިވާ މީހުން ވެސް އަލުން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

"އެކަމަކު އެއެންމެންނަށް ވެސް އަޅުގަނޑުމެއް ވަކިވަކިން ގުޅައި މިތަނަށް ގެނެސްގެން ފޯމުލުމުގެ ފުރުސަތު ދޭނަން" ހެލްތު މިނިސްޓްރީ ގެ ނައިބު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ