އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަލެހިޔާ އަދި ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ވަރުގަދަ ކުރަނީ

މަލެހިޔާ އަދި ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ވަރުގަދަ ކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

މާލެހިޔާ އަދި ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅޭ ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތް ޢަމަލީގޮތުން ފެއްޓުމަށް ފުލުހުންނާއި މިއަދު ހަވާލުކޮށް، އެކި ވަސީލަތްތައް ބޭނުން ކޮށްގެން އެފްލެޓުތަކުގެ ރައްކާތެރިކަން ވަރުގަދަ ކުރަން ސަރުކާރުން ނިންމައިފިއެވެ.

ކުރިން މާލެ މުނިސިޕަލްޓީގެ ބެލުމުގެ ދަށުގައި ހުރި ސިނަމާލެ ފްލެޓާއި މާލެހިޔާ ފްލެޓުތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް، އެފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ފުލުހުންނާއި ހަވާލު ކުރުމަށް ހައުސިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހިމް ވިދާޅުވީ އެފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން އެންމެ ފުރިހަމައަށް ބަލަހައްޓާނެ ކަމަށެވެ.

"ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނެ ރައްކާތެރިވާނެ ވަސީލަތްތައް ގާއިމް ކުރެވިގެން ދާނެ. އޭގެ ތެރޭގައި ސީސީޓީވީ ކެމެރާގެ ވަސީލަތްތަކުން ސެކިއުރިޓީ ބެލެހެއްޓުމާއި އަދި ސްޕެޝަލް ކޮންސްޓެބަލިޓީ ފޯސް ބޭނުން ކޮށްގެން މިދެންނެވި ފްެލޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ހިމެނޭ" މުޙައްމަދު އިބްރާހިމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ