އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ބައްޕާ، އަހަރެންގެ ދެ ލޯ! އަހަންނަކަށް ނުފެނޭ..!"

"ބައްޕާ، އަހަރެންގެ ދެ ލޯ! އަހަންނަކަށް ނުފެނޭ..!"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

މިއީ ސީރިއާގެ ކުޑަ ކުއްޖެއްގެ އާދޭހުގެ އަޑެވެ.

ސޯޝަލް މީޑިއާގައި އާންމުވި މިވީޑިއޯ އިން ފެންނަނީ، ސިއްޙީ ޚިދުމަތްދޭ ތަނެއްގައި ކުޑަ ފިރިހެން ކުއްޖަކު އޭނާގެ ބައްޕަ ގާތު ރޯ މަންޒަރެވެ. އެކުއްޖާއަށް ލިބެމުންދިޔަ ކުއްލި ސިހުމާއި ވޭނުގައި، ރޮއެ އާދޭސް ކުރާހާލު އޭނާގެ ބައްޕަގާތު މަދަދަށް އެދެމުން ދިޔައެވެ.

"ބައްޕާ، އަހަރެންގެ ދެ ލޯ..! އަހަންނަކަށް ނުފެނޭ..!" އެކުޑަ ކުއްޖާ ރޮމުން ދިޔައެވެ.

އެކުއްޖާގެ ބައްޕަ، އެކުއްޖާ މަސަލަސް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އަދި އަނދިރިވެފައިވާ ދަރިފުޅުގެ ޙަޔާތަށް އުޖާލާކަމެއް ގެނެވޭތޯ ބެލުމަށްޓަކައި ދަރިފުޅު އުރާލައިގެން ކުޑަދޮރާއި ދިމާލަށް ވެސް ދެއެވެ. ނަމަވެސް އެއްވެސް އޭގެން އެއްވެސް ކަމަކުން ދަރިފުޅަށް ހަމަޖެހުމެއް ނުލިބުނެވެ.

އެކުއްޖާގެ ދެލޮލުގެ ފެނުން ގެއްލިފައިވަނީ، ސީރިއާއަށް ދިން ވައިގެ ހަމަލާއެއްގެ ސަބަބުންނެވެ.

މިއީ ހިތްފަޅައިގެން ދާވަރުގެ މަންޒަރެކެވެ. ދުނިޔޭގެ ފެންނަމުން ދިޔަ އެކި ކުއްލަތައް ކުއްލިއަކަށް ގެއްލި، ކަނު އަނދިރިކަން ނޫން އެހެން މަންޒަަރެއް ނުފެނުމުން ހިތައް ވެރިވާނެ ފުން ހިތާމަ، ބުނެދޭން ވެސް ނޭނގެއެވެ. އަދި އެފަދަ ހާލެއްގައި ތިމާ އެންމެ ލޯބިވާ ފަރާތެއް އޮތްތަން ފެނުމަކީ، ތިމާގެ ހިތް ކުދިކުދިވާ ވަރުގެ މަންޒަރެކެވެ.

ޔާ ﷲ. މުޅި އިސްލާމީ އުންމަތް ސަލާމަތް ކުރައްވާ، އަނިޔާ ލިބެމުންދާ ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުސްލިމުންނަށް ނަސްރު ދެއްވާނދޭވެ! އާމީން.

https://www.facebook.com/SpotLightHumanity/videos/2050747075173779/

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ