ސީރިއާގެ ބައްޕައެއްގެ ހިތްވަރު- ދަރިފުޅަށް މިހާރު ނުހިނގޭތަން ފެނުމުން ހިތްފަޅައިގެންދޭ، ފުޅިބުރިއެއް ފަޔަށް ލައްވާދިނީ ދަރިފުޅު ހިނގަން ފަސޭހަ ކޮށްދޭން!

ސީރިއާގެ ބައްޕައެއްގެ ހިތްވަރު- ދަރިފުޅަށް މިހާރު ނުހިނގޭތަން ފެނުމުން ހިތްފަޅައިގެންދޭ، ފުޅިބުރިއެއް ފަޔަށް ލައްވާދިނީ ދަރިފުޅު ހިނގަން ފަސޭހަ ކޮށްދޭން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ސީރިއާއަށް ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން އެޤައުމުގެ އެތައް ބަޔަކު ޒަޚަމްވެ އަދި ޝަހީދުވެސް ވެފައިވެއެވެ.

އަލޭޕޯއަށް އުފަން ރައްޔިތެއް ކަމަށްވާ މުޙައްމަދު އަލީ އަލް މޮރީ އާއި އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ވެސް ވަނީ ސީރިއާ އަށް ދިން ބޮމުގެ ހަމަލާއެއްގައި ޒަހަމްވެފައެވެ. އެދެބަފައިންގެ ވެސް ފައިބުރިވެފައިވާއިރު، މިވަގުތު އެދެބަފައިން ވަނީ ސީރިއާ އިން ފިލައި ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެން ފަށާފައެވެ.

"އަހަންނަކީ މުޙައްމަދު އަލީ އަލް މޮރީ. އަހަންނަކީ އަލޭޕޯގެ ދެކުނު ޕްރޮވިންސް ގެ ރެފިއުޖީއެއް. ބޮމުގެ ހަމަލާތަކުން އަހަންނާއި އަހަރެންގެ ދަރިފުޅު ސަލާމަތްވުމަށް ކޭމްޕަށް އައިއިރު، އެހަމަލާތަކުގެ ސަބަބުން އަހަރުމެން ދެބަފައިންގެ ދެފައި ވެސް ވަނީ ބުރިވެފައި.އަހަރެންގެ ދަރިފުޅަށް ވީހާވެސް އަވަހަކަށް ފައެއް ލައްވަންޖެހޭ. ނަމަވެސް އަހަރެންގެ ކިބައިގައި އެފަދަ ތަނަވަސްކަމެއް މިވަގުތު ނެތްއިރު، ދެ ފައި ނެތުމުގެ ސަބަބުން އަހަންނަށް މާގިނަ ކަމެއް ވެސް ނުކުރެވޭ.

ދަރިފުޅުގެ އެކުވެރިން ކުރިމަތީގައި، އޭނާ ފިރުކިފައި ދާތަން ފެނުމުން އަހަރެންގެ ހިތް ފަޅައިގެން ދިޔަފަދަ. އެމަންޒަރަކީ އަހަންނަށް ކެތް ކުރަން ވަރަށް އުނދަގޫވި މަންޒަރެއް.
އެހެންކަމުން، ފެން ހޮސްކޮށްފައި ހުރި މެދު ސައިޒުގެ ދެފުޅި ފަޅާލުމަށްފަހު އޭގެ ތެރެއަށް ދެ އިސްޓާކީނު ލާފައި ކައިރިފައް ވެސް ބައްދާލީމެވެ. ދަރިފުޅު ހިނގަން ބޭނުންވުމުން، އެފުޅިބުރިއަށް އަރައިގެން ދަރިފުޅަށް ހިނގެއެވެ." މުޙައްމަދު ބުންޏެވެ.

ފުޅިއެއް ފަޔަށް ލައްވައިގެން ހިނގަން ކިތަންމެ އުނދަގޫ ނަމަވެސް، މިހާރު އޭނާގެ ދަރިފުޅަށް ބޭރަށް ނިކުމެ އުޅެވެއެވެ. ހިނގެއެވެ.

މުސްތަޤްބަލާއިމެދު މުޙައްމަދުގެ އުންމީދަކީ، އޭނާއަށާއި އޭނާގެ ދަރިފުޅަށް އެފަދަ އެއްޗަކާއި ނުލާ ހިނގޭނެ ގޮތް މެދުވެރިވުމެވެ.


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ